ވިޔަފާރި / ޚަބަރު

ފޭދޫފިނޮޅުގައި ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފި

ފޭދޫފިނޮޅުގައި ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފި

ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ގެ ވޯޓާރ ވިލާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 05:27

28 ޖުލައި 2025، 05:27

މާލެ އަތޮޅު ފޭދޫ ފިނޮޅުގައި ތަރައްޤީކޮށްފައިވާ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓް ރަސްމީކޮށް ހުޅުވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ތަޖުރިބާއެއް އިތުރުކޮށްފިއެވެ. މިއީ ތައިލެންޑްގެ މަޝްހޫރު ހޮޓެލް އަދި ޕްރޮޕަޓީ ޑިވެލޮޕްމެންޓް ކުންފުންޏެއް ކަމަށްވާ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ދުސިތު ޑީ2 ބްރޭންޑެޑް ރިސޯޓެވެ.

މި ރިސޯޓްގައި 127 ވިލާ ހުރެއެވެ. މީގެ ތެރޭގައި ރީތި ގޮނޑުދޮށް ފެންނަ ބީޗް ފްރޮންޓް ވިލާތަކާއި، ބޮޑު ކަނޑުގެ މަތީގައި ތަރައްޤީކޮށްފައިވާ އޯވަރ ވޯޓަރ ވިލާތައް ހިމެނެއެވެ. ފަތުރުވެރިންނަށް ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 5 ރެސްޓޯރެންޓާއި، ޖިސްމާނީ އަދި ނަފްސާނީ ހަމަޖެހުން ހޯދައިދޭ ސްޕާގެ ޚިދުމަތުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކިޑްސް ކްލަބެއްވެސް މި ރިސޯޓްގައި ހުރެއެވެ.

މާލެ އަތޮޅުގައި ހުންނަ މި ރިސޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްޕީޑް ބޯޓުގައި އެންމެ 7 މިނެޓުގެ ދަތުރަކުން ދެވޭ ތަނެކެވެ. ދުސިތު އިންޓަރނޭޝަނަލުން ބުނާ ގޮތުގައި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެއެވެ. އަދި ރިސޯޓް ތަރައްޤީކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ދިވެހި ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.

ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ މާޅޮސްމަޑުލު ދެކުނުބުރީ މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓެވެ. ދުސިތު އިންޓަރނޭޝަނަލުން މިހާރުވެސް އަންނަނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި 57 ޕްރޮޕަޓީ މެނޭޖްކުރަމުންނެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 ޕްރޮޕަޓީއެއް ޤާއިމްކުރަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން