ވިޔަފާރި / ޚަބަރު

ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް، ނޯތު ހާބަރުގައި މިފްކޯގެ އައު މަސް ފިހާރައެއް ހުޅުވައިފި

ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް، ނޯތު ހާބަރުގައި މިފްކޯގެ އައު މަސް ފިހާރައެއް ހުޅުވައިފި

މިފްކޯއިން ނޯތު ހާބަރުގައި މަސްފިހާރަ ހުޅުވަނީ ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 07:21

01 އޯގަސްޓު 2025، 07:21

މިފްކޯގެ އައު މަސް ފިހާރައެއް މާލޭ ނޯތު ހާބަރުގައި ހުޅުވައިފިއެވެ. މިއީ މާލެ ސިޓީގައި ހުޅުވުނު މިފްކޯގެ 4 ވަނަ މަސް ފިހާރައެވެ.
މިފްކޯ މަސް ފިހާރައިގެ އައު ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ. މިފިހާރަ ހުޅުވުމުގެ އެންމެ ބޮޑު މަޤްސަދަކީ، އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް، މަހުގެ ބާވަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ޖެނެރަލް މެނޭޖަރ، ސޭލްސް އެންޑް މާކެޓިން އައިޝަތު ރިޔާޒާ ވިދާޅުވީ، މާލޭ ނޯތު ހާބަރު ސަރަޙައްދަކީ މާލޭގެ ވިޔަފާރިވެރިންނަށް ޚިދުމަތް ހޯދުމަށް އެންމެ މުހިންމު އެއް ސަރަޙައްދު ކަމަށެވެ. ގިނަ އޮޑިފަހަރުން އަތޮޅުތެރެއަށް މުދާ ގެންދަނީ މިސަރަޙައްދުންކަން ފާހަގަކުރައްވައި ރިޔާޒާ ވިދާޅުވީ، ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަކީ މިފްކޯގެ މަޤްސަދު ކަމަށެވެ.

އަލަށް ހުޅުވި މި ފިހާރައިން އާންމުކޮށް މިފްކޯގެ ފިހާރަތަކުން ލިބޭ ހުރިހާ ބާވަތްތަކެއްގެ މަހުގެ އުފެއްދުންތައް ލިބޭނެއެވެ. ޚާއްސަކޮށް ވިޔަފާރިވެރިން މައިގަނޑުގޮތެއްގައި ގަންނަ ތެޔޮ މަސްދަޅު، ފެން މަސްދަޅާއި އާންމުކޮށް ނަގާ މަސްދަޅުގެ ބާވަތްތައް، އަދި ވަޅޯމަސްވެސް މިފިހާރައިން ލިބެން ހުންނާނެއެވެ. މީގެ އިތުރުންވެސް އެހެނިހެން އުފެއްދުންތައް ބޭނުންފުޅުވެއްޖެނަމަ އެކަން އެންގުމުން އެތަކެތި ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސައިދޭނެކަމަށް ރިޔާޒާ ވިދާޅުވިއެވެ.

ނޯތް ހާބަރުގައި ހުޅުވި މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަހާއި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން