ޚަބަރު
މި ދިރާސީ އަހަރުގެ ތެރޭގައި ހިމަންދޫ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިންމައި އަންނަ ދިރާސީ އަހަރަށް ހުރިހާ ތައްޔާރީއެއް ކުރެވޭނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި ހިމަންދޫ ސްކޫލުގެ އައި އިމާރާތުގެ މަސައްކަތް ނިންމައި އަނަނަ ދިރާސީ އަހަރަށް ހުރިހާ ތައްޔާރީއެއް ކުރެވޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާަހަަކަފުޅުގައެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.
މިކަމާގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާތާރުގެ ބޭނުންކުރެވޭނެ ކަމަށެވެެ.
މީގެއިތުރުން ހިމަންދޫ ޞިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ދެއްވިއެވެ.
ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާ، އެމަސައްކަތާއި އެކީ ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްވަކަމުން، އެމަނިކުފާނު ވަނީ، މިއަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އަންހެނުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.