Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނުގެ ޖިހާދު ހަނދާން ކޮށްދެއްވަވަމުން ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބޮޑުތަކުރުފާނުގެ ޖިހާދު ހަނދާން ކޮށްދެއްވަވަމުން ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

24 އޯގަސްޓު 2025، 09:41

24 އޯގަސްޓު 2025، 09:41

ޕޯޗުގީޒުންގެ އަތްދޮށަށް ރާއްޖެ ދިޔަ ހިނދު ހިތްވަރުގަދަކަމާއި ކެރުމާއި އެކު އެމީހުންނާ ކުރިމަތިލެއްވި ބޮޑުތަކުރުފާނުގެ ހަނދާން އައުކޮށްދެއްވަވަމުން ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. 

ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުންދާކަމަށެވެ. 

ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް. ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް މި ދަންނަވަނީ، އަބަދުވެސް ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބަޔެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ ޢަޒުމު އާކުރަމުން. ރައީސް ޑރ.މުޙައްމަދު މުޢިއްޒު 



ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބެއްވުމަށްވެސް ހަމަޖެހިފައިވަނީ ހއ. އުތީމުގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިހާރު ވަނީ އެރަށަށް ވަޑައިގެންފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން