Ads by Stelco

ޚަބަރު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފި

farudhun logo

ފަރުދުން

24 އޯގަސްޓު 2025، 11:50

24 އޯގަސްޓު 2025، 11:50

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ. 

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުއްވާފައިވަނީ މިއަދު އުތީމުގައި ކުރިއަށްދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެތެރެއިންނެވެ. މި ޝަރަފުގެ އައްޑަނައާއި އުތީމު ރައްތިތުންގެ ފަރާތުން ހަވާލުވެވަޑައިގަތީ އުތީމު ކައުންސިލްގެ ރައީސް  ޢަބްދުﷲ ރަޝީދެވެ. 

އުތީމު ރައްޔިތުންނަށް މި ޝަރަފް އަރުއްވާފައިވަނީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ހަމައެއާއެކު، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވަނީ ވެފައެވެ. 

އުތީމު ރައްޔިތުން ދަނީ ފެށުނީއްސުރެ އުތީމު ގަނޑުވަރަށް އިޙްތިރާމާއި ޤަދަރުދެމުންނެވެ. 5 ވަރަކަށް ޤަރުނު ވީއިރު ގަނޑުވަރުގެ އެތެރެ އަބަދުވެސް އޮންނަނީ ދޮންވެލިލާ ރީތިކޮށްފައެވެ. ހަމައެހެންމެ ގަނޑުވަރުގެ ގޯތިތެރެ ކަށިވެލިލާ އޮމާންކޮށްފައި އޮންނައިރު ގަނޑުވަރުގެ އެއްވެސް ހިސާބެއްގައި ކުނިކޮޅެއްވެސް ފެންނަން ނޯންނަހާ ރީތިކޮށް ކުނިކަހާފައި އޮވެއެވެ. މި ޚިދުމަތް މިހާތަނަށްވެސް ކުރަމުން އައިސްފައިވަނީ އުތީމު ރައްޔިތުން އަމިއްލައަށް އުފަލާއެކުގައެވެ. 

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް ލިބިގެން ދިއުމަކީ އުތީމުގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާ އުފަލަކާ ޝަރަފެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން