Ads by Stelco

ޚަބަރު

ނެއްލައިދޫ ޞިއްހީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް : ރައީސް

ނެއްލައިދޫ ޞިއްހީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް : ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2025، 04:33

25 އޯގަސްޓު 2025، 04:33

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ޞިއްހީ މަރުކަޒު ތަރައްޤީކުރަމަށް އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްޤީއަށް މުހިންމު ތިން މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ޞިއްހީ މަރުކަޒުގެ މަޝްރޫޢުގެ ދަށުން ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް މިއަހަރާއި އަންނަ އަހަރު ކުރިއަށް ގެންދަވާނެއެވެ.

މީގެ އިތުރުން، ރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ޤާއިމްކުރެވޭއިރު، ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމު މިއަހަރު ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަށާއި، އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނެއްލައިދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި 60 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢާއި، ޑިންގީ ޕްލެޓްފޯމް ޤާއިމްކުރުމާއި މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައިވެސް މިއަދު ވަނީ ސޮއިކުރެވިފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ވަނީ ފަށާފައެވެ.
 

 

Ads by MSS

މި ލިޔުން ކިޔާލުމުން