Ads by Stelco

ޚަބަރު

ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި އެ ރަށު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި އެ ރަށު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ނެއްލައިދޫ ޖެޓީއާއި މަގު ހެދުމުގެ މަޝްރޫޢުގައި ސޮއިކުރުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2025، 08:19

25 އޯގަސްޓު 2025، 08:19

ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެ ރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، 3،086 މީޓަރުގެ ދިގު މަގެއްގައި، 15،265 އަކަމީޓަރުގެ ދުއްވާ ސަރަޙައްދަކާއި، 3،406 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެންހިންދާ ނިޒާމެއްވެސް ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢަށް 58.19 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، މަޝްރޫޢު ނިންމުމަށް ދީފައި ވަނީ 720 ދުވަހުގެ މުއްދަތެކެވެ.

ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢުގެ ދަށުން، 1.5 މީޓަރު ފުޅާމިނުގެ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް 6.94 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން