Ads by Farudhun

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު---

farudhun
ފަރުދުން 20 އޭޕްރީލު 2026، 10:06

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން

އަޕްޑޭޓްތައް 13
13 ލިޔުން
41 މިނެޓް ކުރިން

މަޖިލީހަށް ވަރަށް އަވަހަށް އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ބިލެއް ހުށަހަޅާނަން

ޑިޖިޓަލީ ގޮތުން ދުނިޔެ ކުރިއަރަމުންދާއިރު، އެކަންކަން ރެގިއުލޭޓް ކުރެވިގެން ދާންޖެހޭނެ. އެހެންކަމުން އޭއައިއަކީ ޤާނޫނެއްގެ ތެރެއަށް ވަދެގެންދާ، ނުވަތަ އެއާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރެވިފައިވާ ކަންކަމަށް ހެދުމަކީ އެ ބިލުގެ މަޤުސަދު.
12 ލިޔުން
56 މިނެޓް ކުރިން

ސިޓީތަކުން ޕީއެންސީއަށް ގޮނޑިތައް ނުދިނުމަކީ ކަންކަން ރަނގަޅު ކުރުމަށް އެ ސިޓީތަކުގެ ރައްޔިތުން ދެއްވި ފުރުސަތެއް

އަޅުގަނޑު ހުރުހާ ސިޓީތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޤަބޫލުކުރަނީ އެ ބޭފުޅުން އެގޮތަށް ނިންމެވި ނިންމެވުމަކީ ކަންކަން ރަނގަޅު ކުރުމަށް އެ ސިޓީތަކުގެ ރައްޔިތުން ދެއްވި ފުރުސަތެއްކަމަށް. އަދި ޝުކުރު ދަންނަވަން އަޅުގަނޑުމެނަށް ތާއީދުކޮށް ވޯޓު ދެއްވި ފަރާތްތަކަށް ވެސް. ނިމުނު އިންތިޚާބަކީ ކާމިޔާބާއި ނާކާމިޔާބު ހިނެމޭ އިންތިޚާބެއް. އަޅުގަނޑު އެކަން ނަގަނީ ވަރަށް ޕޮޒިޓިވްކޮށް.
11 ލިޔުން
1 ގަޑި ކުރިން

ކުރިޔަށް އޮތްތަނުގައި ސިޔާސީ މުވައްޒަފެއް ނަގަން ޖެހުނަސް ނަގާނީ ތަޢުލީމަށް ބެލުމަށްފަހު

އަޅުގަނޑުގެ ވިސްނުމުގައި ނެތް ކުރިޔަށް އޮތްތަނުގައި މިސާލަކަށް ސްޓޭޓް މިނިސްޓަރަކަށް މީހަކު ކޮންމެހެން ލާންޖެހިޖެއްޔާ އެމީހެއްގެ އަތުގައި އެންމެ ކުޑަމިނުން މާސްޓާސް ޑިގްރީއެއް އޮންނަންވާނެ. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހިގެން މީހަކު ލާންޖެހޭ ހާލަތެއްގައި ވެސް އެ މީހެއްގެ އަތުގައި އެ ދާއިރާއަކުން ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ގޮތަކަށް ކަންކަން ބަދަލުކުރަން އަޅުގަނޑު ވިސްނާފައި ވާނީ.
10 ލިޔުން
1 ގަޑި ކުރިން

ޤަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ވަޒީފާ ދީފައިވާނަމަ އެމީހަކު ވަޒީފާއިން ވަކިކުރުމަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި

ރައްޔިތުން ބުނެފައި ވަނީ ކެމްޕެއިނަކާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ނުމުމަކަށް އަންނަންޖެހޭކަމަށް ރައްޔިތުން އެއޮތީ ބުނެފައި. އަޅުގަނޑު ވެސް ދާނީ އެގޮތަށް. އެގޮތުން ދެން ވަޒީފާތަކަށް މީހުން ނަގާނީ އިއުލާން ކުރެވިގެން، އެމީހާގެ ސީވީއަށް ބަލާ، މެރިޓް ބޭސްކޮށް ނުބަލާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން ކުރިޔަށްގެންދާނީ. އަދި ޤަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ވަޒީފާ ދީފައިވާނަމަ އެމީހަކު ވަޒީފާއިން ވަކިކުރުމަށްވެސް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. ސަރުކާރުން ވެސް ޢަމަލުކުރާނީ އެހެން.
9 ލިޔުން
1 ގަޑި ކުރިން

ތިލަމާލެ ބުރިޖުގެ މަޝްރޫޢު ހިނގަމުންދާ ސްޕީޑާ މެދު އަޅުގަނޑުމެން ހިންހަމައެއް ނުޖެހޭ

އެހެންނަމަވެސް އެކަން އަވަސްކުރުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން. އަޅުގަނޑު މިދިޔަ އަހަރު ރިޔާސީ ބަޔާނުގައި ދެންނެވި ތާރީޙަށް ވެސް އެ މަސައްކަތް ނުނިންމުނު އެ ކުންފުންޏަކަށް. އެ ބޭފުޅުން މިހާރު ބުނަނީ 2027ގައި ނިމޭނެކަމަށް
8 ލިޔުން
1 ގަޑި ކުރިން

ދިވެހިރާއްޖެއިން އިސްކުރާނީ އަޅުގަނޑުމެންގެ ޤައުމީ މަސްލަހަތު

އެހެންކަމުން އިސްލާމީ ޤައުމުތަކަށް ދިމާވާ ކަންކަމުގައި އަޅުގަނޑުމެން ތިބޭނީ ވަރަށް ވަރުގަދައަށް އިސްލާމީ ޤައުމުތަކާއެކީ. ހަނގުރާމަތަކަކީ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ޤަބޫލުކުރާނެކަމެއް ނޫން.
7 ލިޔުން
1 ގަޑި ކުރިން

ސިޔާސީ މީހަކަށް ވުމުން މިހާތަނަށް އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައެއް ނުވާނެ

މި ސަރުކާރަށް ދެ އަހަރާބައިވިއިރު، ސިޔާސީ އެއްވެސް ކުށްވެރިއަކު ނުހުންނާނެ. އަދި ސިޔާސީ މީހަކޭ ކިޔާފައި އެއްވެސް މީހަކު ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައެއް ނުވާނެ. މީގެ ކުރިން ކަންކުރަމުން އައީ އެހެނެއް ނޫން. އެއްދައުރެއްގައި އިދިކޮޅު ހުރިހާ ވެރިން ޖަލުގައި ތިބި ދައުރެއް ވެސް އައި. ވެރިންނާއި ވެރިންގެ ދަރިން ވެސް ހިމެނޭހެން. ޖެހިގެން އައި ދައުރުގައި ވެސް ދިޔައީ އެކަހަލަ ގޮތަކަށް ދިޔައީ. އަޅުގަނޑު ބޭނުންވީ އެކަން ބަދަލުކުރަން. އަޅުގަނޑު އެކަން ބަދަލުކޮށްފިން.
6 ލިޔުން
1 ގަޑި ކުރިން

މަސައްކަތުގެ ފެންވަރަށް ބަލައި ސަރުކާރުގެ ވުޒާރާތުން މަދު ކުރާނީ ސިޔާސީ މުވައްޒިފުން، ސިވިސް ސާރވިސް މުވައްޒިފުންނެއް ނޫން

ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދަނީ ބެލެމުން. އެގޮތުން ޗެކްކުރާ ކަންތައްތަކުގެ ތެރޭގައި ހާޒިރީ، ގަޑިއަށް އައުން، ހަވާލުކުރާ މަސައްކަތްތައް ކުރުން، މިފަދަ ވަރަށް ގިނަ ކަންތައްތަކެއް އެބަބަލަން. އެގޮތުން ޕާފޯމެންސް ބޭސްޑް މިންގަނޑަކުން ބެލުމަށްފަހު އެ މަސައްކަތަކަށް ބޭނުންނުވާ ނުވަތަ އެކަށީގެން ނުވާ ފަރާތައް ބަލައި އެ މަޤާމުތައް މަދުކުރެވޭނެ.
5 ލިޔުން
1 ގަޑި ކުރިން

މުޒާހަރާ ކުރުމުގައި ވެސް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައި

މުޒާހަރާ ކުރުމަކީ ޤާނޫނުގެ ތެރެއިން ލިބޭ ހައްޤެއް. އެކަމުގައި ހުދޫދުތަކެއް ވަނީ ކަނޑައަޅާފައި. އަދި މި ސަރުކާރުން މިވަނީ އެއްވެ އުޅުމަށް އެމްޑީޕީ ސަރުކާރުގަ ދީފައޮތް ފުރުސަތަށް ވުރެ ފަސްގުނަ އިތުރަށް ފުރުސަތުވެސް ދީފައި. އަޅުގަނޑުމެން 5 ތަނެއް އިތުރު ވެސް ކޮށްފިން އެއްވާން. އެކަމަކު އެއްވުންތައް ކުރިޔަށް ގެންދަނީ އެ ތަންތަނަކު ނޫން. އަދި މުޒާހަރާގައި ހަޑިހުތުރު ބައްތައްކޮށް ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން.
4 ލިޔުން
1 ގަޑި ކުރިން

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ އެއްވެސް ދަރަންޏެއް ނުނަގާ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަން ކުރެއްވީ ރަހުނުކޮށްފައި ހުރި ތަންތަނާއި ބިންތައް ސަލާމަތްކޮށްގެން ކަމަށެވެ.
3 ލިޔުން
1 ގަޑި ކުރިން

އެމްޑީޕީއާއެކީ މަޝްވަރާއަކަށް ދިއުމަށް އަޅުގަނޑު ގަސްތެއް ނުކުރަން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާދިއްތަ ދުވަހު ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއާއެކު މަޝްވަރާއަކަށް ދިއުމަށް ގޮވާލެއްވި ނަމަވެސް، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރެއްވީ 5 އަހަރުގެ ޓާމެއް ކަމަށާއި، އެހެންކަމުން ރައީސް ކުރިޔަށްވަޑައިގަންނަވާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށެވެ.
2 ލިޔުން
1 ގަޑި ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލްޓީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި އެޅުމަށް ދަނީ މަސައްކަތް ކުރެވެމުން.

މި ހޮސްޕިޓަލުގައި ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ފެސިލިޓީއެއް ވެސް ހިމެނޭނެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ހުސްބިމުގައި އެ ހޮސްޕިޓަލުގެ އިތުރު އިމާރާތެއް އެޅުމުގެ ކުރަންޖެހޭ މަސައްކަތްތައް ވެސް އެބަކުރިޔަށްދޭ. މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް މި މަސައްކަތް ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން.
1 ލިޔުން
2 ގަޑި ކުރިން

މިދިޔަ ސަރުކާރުގެ ދުވަސްވަރު ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައި

މިދިޔަ ސަރުކާރުން ވަނީ، އޭގެ ކުރިން ނުކުރާ ކަންތައްތަކެއްކޮށް، ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކޮށްފައި. އެގޮތުން ކުރީ ސަރުކާރުން ވަނީ ޖުޑިޝަރީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭން (ޑީޖޭއޭ) ގެނެސްފައި. މީގެ ސަބަބުން ނުސީދާ ގޮތުން ވިޔަސް ޖުޑިޝަރީގެ ތެރެއަށް މި އޮންނަނީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ހޯދާފައި.
އަޅުގަނޑުމެން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި، ޖުޑީޝަރީގެ ދަށުގައި ޑީޖޭއޭއޮތް އޮތުން ބަދަލުކުރުމަށް ވާނީ ނިންމާފައި. އެގޮތުން ވިސްނުން ހުރީ ކުރިން ޖުޑިޝަރީ އޮތްގޮތަށް ބަދަލުކުރުމަށް. އެގޮތުން ޖުޑީޝަލް ކައުންސިލެއް އުފެއްދުމުގެ ވިސްނުން އެބަހުރި.