Ads by Farudhun

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun
ފަރުދުން 27 އޭޕްރީލު 2026، 09:59

ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ހިނގަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޚިއްޞާ ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސިލްސިލާކޮށް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

އެގޮތުން، "ފަރުދުން" މީޑިއާގެ މި ލައިވް ކަވަރޭޖަކީ، 27 އެޕްރީލް 2026ގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ހާމަ ކުރެއްވެވި މުހިންމު ކަންތައްތަކުގެ ކުރު ޚުލާސާއެކެވެ.

އަޕްޑޭޓްތައް 13
13 ލިޔުން
1 ގަޑި ކުރިން

އަޅުގަނޑޭ ކިޔައިގެން އަދަދު ނޫހުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް

ކައިވެނީގެ ބޭރުން ގުޅުން ހިންގިކަމަށް ބުނެ ކަނޑައެޅިގެން ދޮގު ވާހަކައެއް ހެއްދެވިކަމަށް "އަދަދު" ނޫހުން އިޢުތިރާފްވުމުން، މިފަދަ ދޮގުވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އަޅުގަނޑު ގޮވާލަން.
12 ލިޔުން
1 ގަޑި ކުރިން

ފެނަކައިގެ ދަށުގައި ހުރި ބައެއް އިންޖީނުގެތަށް ސްޓެލްކޯއަށް ބަދަލުކުރީ ފެނަކައިގެ ޚަރަދު ކުޑަ ކުރުމަށް

މެދު ރާއްޖޭތެރޭގެ ބައެއް ރަށްރަށުގެ އިންޖީނުގެތައް ސްޓެލްކޯއަށް ބަދަލުކުރީ އެ ކުންފުނި ލަޔަބަލް ކުންފުންޏަކަށް ހެދުމަށް. އެއީ ސަރުކާރު ކުންފުނިތަކުގެ ރިފޯމްގެ ތެރޭގައި ހިމެނިގެން ކުރާ ކަމެއް.
11 ލިޔުން
1 ގަޑި ކުރިން

ވަކިކުރި ހުރިހާ ވަޒީރުންނަކީ ޕާފޯމެންސް ދަށްވެގެން ވަކިކުރި ވަޒީރުންނެއް ނޫން

ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގައި ބެލި އެއްކަމަކީ ޕާފޯމެންސް، އެހެން ކަންކަމަށް ވެސް ބަލާފައި ހުންނާނެ. އަޅުގަނޑު ބޭނުންވީ ސަރުކާރުގެ ސައިޒު ކުޑަކުރަން. ވަކިކުރި ނުވަތަ ވަކިވި ވަޒީރުންގެ ތެރޭގައި ވަރަށް ޚިދުމަތްތެރި ބޭފުޅުން ވެސް ތިއްބެވި.
10 ލިޔުން
1 ގަޑި ކުރިން

ސިޔާސީ މަޤާމުތަކުން މީހުން މަދުކޮށް ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މިދަނީ މަސައްކަތްކުރަމުން

ކުރިން ވަޒީރުންނަށް ތިއްބެވި ދެ ބޭފުޅުންނާއި އިތުރު ބޭފުޅަކު އައްޔަންކުރެއްވުމުގެ މަސައްކަތް ކުރެވެނީ ހުސްވެފައިވާ މަޤާމުތަކަކަށް. އެއީ އުފެއްދި މަޤާމުތަކެއް ނޫން.
ސަރުކާރުގެ ޚަރަދު ކުޑަކުރަން ނިންމިނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރަމުންދާނަން. ވަޒީރުންގެ ޒިންމާތައް އިތުރުކޮށް، ވުޒާރާތައް މަދުކޮށް ވަޒީރުން މަދުކުރީ އޭގެ ފެށުމެއްގެ ގޮތުން.
އެ ދުވަހުން ފެށިގެން ކޮންމެ ވުޒާރާއެއްގައި ތިބެން ޖެހޭ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، ސަރުކާރުގައި ތިބި ޕޮލިޓިކަލް އެޕޮއިންޓީސްގެ އަދަދު މަދުކުރުމަށް ދަނީ މަސައްކަތް ކުރެވެމުން. މިކަން ކުރާނީ ޕާފޯމެންސަށް ބަލައިގެން. އޭގެ ތަފްސީލުތައް ހާމަކުރަމުން ދާނަން.
9 ލިޔުން
2 ގަޑި ކުރިން

ސަރުކާރުގެ ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސަރ ދިނުމަކަށް ނާންގާނެ

ސަރުކާރު ކުންފުނިތަކުން މީޑިއާތައް ހިންގުމަށް ސްޕޮންސަރ ދިނުމަކީ އަޅުގަނޑު ޤަބޫލުކުރާ އުސޫލެއް ނޫން. ނަމަވެސް އެ ކުންފުނިތަކުގެ ވަކި ޕްރޮޑަކްޓެއް ނުވަތަ ވަކި ޚިދުމަތެއް މީޑިއާތަކާ ޕްރޮމޯޓުކުރުމަކީ އެ ކުންފުނިތަކަށް ލިބިގެންވާ ބާރެއް. އެކަން ޕްރޮފެބަނަލް މިންގަނޑުން ކުރިޔަށް ގެންދަންޏާ ރަނގަޅު ވާނެ.
މީޑިއާތަށް ހިންގުމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދިނުމަށް ވާނީ ފަށާފައި. އެކަން ކުރިޔަށް ދާނެ.
8 ލިޔުން
2 ގަޑި ކުރިން

އެންމެ ލަސްވެގެން މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އާރުޓީއެލް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ގުޅާލެވޭނެ

މި މަސައްކަތް ލަސްވެގެން މިދަނީ ޕޭމަންޓުތައް ޑިލޭ ވަމުން ދިއުމުން.
އަދި މި ޚިދުމަތް ފަށާފައިވާ އަތޮޅުތަކަށް ސްޕެއަރ ވެސެލްތައް ހޮދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން.
7 ލިޔުން
2 ގަޑި ކުރިން

ކުރިއަށް އޮތް 3-4 މަސް ތެރޭގައި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ތަނުގައި ޤާއިމްކުރާ ޖީޕީ ކްލިނިކް ހުޅުވުމަށް ދަނީ މަސައްކަތްކުރެވެމުން

މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ޤާއިމްކުރާ ޖީޕީ ކްލިނިކްތައް ވެސް އަންނަ ޖުލައި މަސް ހިސާބުގައި ހުޅުވުމަށް ދަނީ މަސައްކަތް ކުރެވެމުން.
އަދި މި އަހަރު ހުރިހާ ސިޓީތަކެއްގައި ވެސް ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
6 ލިޔުން
2 ގަޑި ކުރިން

އާރުޑީސީއަށް އިތުރު ކުރެވުނު މެޝިނަރީޒްއާއެކު ގިނަ ރަށްތަކެއްގައި އެއްފަހަރާ މަސައްކަތްތައް ފެށިގެން ދާނެ

އާރުޑީސީއަށް މި މަހުގެ ކުރީކޮޅު ގެނެވުނު ގިނަ މެޝިނަރީޒްއާއެކު މުވައްޒަފުން އަހުލުވެރިވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަރުހަލާއަށްފަހު ދެން އޮންނާނީ މަޝްރޫޢުތައް ފެށުން. އެގޮތުން ގިނަ ރަށްތަކެއްގައި އެއްފަހަރާ މަޝްރޫޢުތައް ކުރިޔަށް ދާނެ.
މީގެ އިތުރުން ވެމްކޯގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން.
5 ލިޔުން
2 ގަޑި ކުރިން

ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ސްޓޭޓް ފާމާއިން ދަނީ ތައްޔާރުވަމުން

ސްޓޭޓް ފާމާއިން އެންމެ އިސްކަމެއް ދެނީ ދާއިމީކޮށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް.
4 ލިޔުން
2 ގަޑި ކުރިން

ބޭރުގެ ދަރަނިތަކުގެ އިތުރުން، ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ދަނީ ދެއްކެމުން

އެގޮތުން 1 ނޮވެމްބަރު 2025އިން ފެށިގެން އެކިއެކި ދިވެހި ފަރާތްތަކަށް 3.3 ބިލިއަން ރުފިޔާގެ ބިލުތައް ޕޭކޮށްފިން. އެގޮތުން ކޮންމެ ހަފްތާއަކު އެފްރެޖުކޮށް 700 ވެންޑަރުންނަށް އަންނަނީ ފައިސާ ދެއްކެމުން. އަދި މި ހަފްތާގައި ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގެ ބިލުތައް ދެއްކުމުގެ މަސައްކަތް ދަނީ ކުރެވެމުން.
3 ލިޔުން
2 ގަޑި ކުރިން

21 ދުވަސް ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކައިފިން

އެއީ 2 އެޕްރީލްގައި ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލްގައި ދެއްކި 400 މިލިއަން ޑޮލަރުގެ އިންޑިއާގެ ސްވޮޕް. އެހެންކަމުން 21 ދުވަސްތެރޭގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި، ޤައުމު ޑިފޯލްޓަށް ދިޔަނުދީ، އެއްވެސް ހަރުމުދަލެއް ވިއްކާނުލާ، ރަހުނަކަށް ދޫކޮށްނުލާ އަދި އޭގެ ބަދަލުގައި ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކޮށްގެން މިކަން މިކުރީ.
2 ލިޔުން
2 ގަޑި ކުރިން

ބުލީ ކުރުމަކީ ޤާނޫނީ ކުށެއްކަމަށް ކަނޑައެޅުމަށް އެކަމާ ގުޅޭ ޚާއްޞަ ޤާނޫނެއް ތަޢާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިން

ޤާނޫނީ ނިޒާމުގެ ތެރެއިން ބުޅިކުރުން ހުއްޓުވުމަށްޓަކައި، އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށްޓަކައި އެންޓި-ބުލީއިން ޤާނޫނެއް ތަޢާރަފްކުރުމުގެ މަސައްކަތް އޭޖީ އޮފީހުން ވަނީ ފަށާފައި.
1 ލިޔުން
2 ގަޑި ކުރިން

މެންޓަލް ހެލްތުގެ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް

އެގޮތުން މި އަހަރުގެ ޖެނުއަރީ 1ވަނަ ދުވަހުން ފެށިގެން މެންޓަލް ހެލްތުގެ ފަރުވާތައް އާސަންދަ މެދުވެރިކޮށް ދިނުމަށް ވާނީ ފަށާފައި.
މި ޚިދުމަތް އާސަންދައިގެ ދަށުން ދޭން ފެށިފަހުން 1 ޖެނުއަރީ 2026 އިން ފެށިގެން 24 އެޕްރީލްގެ ނިޔަލަށް 10،954 ފަރާތަކުން ވަނީ އެ ދާއިރާއިން ޚިދުމަތް ހޯދާފައި.
މީގެ އިތުރުން މެންޓަލް ހެލްތު ހޮސްޕިޓަލްގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. އަދި މިކަން އަވަސް ކުރުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ވާނީ ނިންމާފައި. މި ހޮސްޕިޓަލް އަޅާނީ މާލޭގައި.