ވިޔަފާރި

ބީއެމްއެލް ބޯޑަށް އައު މެމްބަރުން ހަމަޖެއްސުމަށް ޚާއްސަ ޖަލްސާއެއް ބާއްވަނީ!

ބީއެމްއެލް ބޯޑަށް އައު މެމްބަރުން ހަމަޖެއްސުމަށް ޚާއްސަ ޖަލްސާއެއް ބާއްވަނީ!

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: މިނިވަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 11:24

27 އޯގަސްޓު 2024، 11:24

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައު މެމްބަރުން ހަމަޖެއްސުމަށް ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ބީއެމްއެލްއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެދުމުގެ މަތިންކަމަށެވެ. އަދި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެންބަރު 2023 ވާ ހޮނިހިރު ދުވަހު ކަމަށްވެސް އެއިޢުލާނުގައި ވެއެވެ. 

ބީއެމްއެލްގެ އިޢުލާނުގައި ބުނެފައިވާ ގޮތުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ 'ފަހި ވޯޓް' ސިސްޓަމް މެދުވެރިކޮށެވެ. މި ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ހަމައެކަނި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމުގެ މައްސަލައެވެ.

މި ޖަލްސާއަކީ ބޭންކުގެ ހިންގުމަށް ބޮޑު ބަދަލެއް އަންނާނެ ޖަލްސާއެއް ކަމަށްބެލެވެއެވެ. 

މި ލިޔުން ކިޔާލުމުން