Ads by Exprox

ޚަބަރު

އައިޖީއެމްއެޗްގައި އަހަރަކު 25،500 މީހުން ސާޖަރީ ހަދާ

އައިޖީއެމްއެޗްގައި އަހަރަކު 25،500 މީހުން ސާޖަރީ ހަދާ

އައިޖީއެމްއެޗްގެ ހައިބްރިޑް ތިއޭޓަރ ފޮޓޯ:އައިޖީއެމްއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޮކްޓޯބަރު 2024، 02:01

26 އޮކްޓޯބަރު 2024، 02:01

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަހަރަކު 25،500 މީހުން ސާޖަރީ ހަދާކަމަށް މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައި ހޮސްޕިޓަލުގައި އަހަރަކު އެވްރެޖުކޮށް 1.9 މިލިއަން ޑައިގްނޯސްޓިކް ލެބޯޓްރީ ޓެސްޓު ހަދައެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގެ އިމަޖެންސީ އަދި ޖީޕީ ޑިޕާޓްމަންޓުން އަހަރަކު 150،000 މީހުންނަށް ނަށް ފަރުވާދޭއިރު، އެކްސްރޭއާއި ސްކޭންތައް ހެދުމަށް 285،120 ފަހަރު ޚިދުމަތް ދީފައިވާކަމަށް ހާމަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލެ ހޮސްޕިޓަލުގައި 483،185 ލެބް ޓެސްޓު ހެދިއިރު، އިމަޖެންސީ އަދި ޖީޕީ ޑިޕާޓްމަންޓުން 238،978 މީހުންނަށް ފަރުވާ ދީފައިވެއެވެ. ނަމަވެސް، ވިލިމާލެ ހޮސްޕިޓަލުގެ އަދަދުތައް މާ ދަށްކަން ފާހަގަކުރެވެއެވެ.

ހަލީމް އިތުރަށް ވިދާޅުވި ގޮތުގައި، ވިލިމާލޭގައި ހޮސްޕިޓަލްގެ ނަން ބޯޑެއް އޮތް ނަމަވެސް، އެކަށީގެންވާ ފަރުވާއެއް ނުދެވޭކަމަށާއި، މިކަން ހައްލުކުރުމަށް ސަރުކާރުން އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ފަރުވާ ދިނުމަށް އިތުރު ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށާއި، މާދަމާއިން ފެށިގެން ވިލިމާލޭގައި ދަތުގެ ޚިދުމަތް ރަތް ރަސްމީކޮށް ފެށޭނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco