ކޮލަމް

ބާމިޔާ ތޮޅި، ހަކުރު ބަލީގެ މީހުން ކޮންމެހެންވެސް ކާންވީ ތަރުކާރީއެއް

ބާމިޔާ ތޮޅި، ހަކުރު ބަލީގެ މީހުން ކޮންމެހެންވެސް ކާންވީ ތަރުކާރީއެއް

ބާމިޔާ ތޮޅި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 10:26

27 އޯގަސްޓު 2025، 10:26

ހުލާސާ


ބާމިޔާ ތޮޅިއަކީ ގިނަ ފައިދާތަކެއް ލިބޭ، ފައިބަރުގެ މިންވަރު މަތި އަދި ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް އެކުލެވޭ ތަރުކާރީއެކެވެ. 

ފައިބަރުގެ ރަނގަޅު ބާވަތެއް

ބާމިޔާ ތޮޅިއަކީ ފައިބަރުގެ މިންވަރު މަތީ ކާނާއެކެވެ. މިގޮތުން ފައިބަރުގެ ސަބަބުން ހަޖަމުކުރުމަށް ފަސޭހަވެ، ބަނޑުހައިހޫނުކަން ކުޑަވެ، އަދި ގިނަ ވަގުތު ބަނޑުފުރިފައި ހުންނަން މަގުފަހިވެއެވެ. ޚާއްސަކޮށް ހަކުރުބަލީގެ ބަލިމީހުންނަށް ފައިބަރު މަތީ ކާނާ ވަރަށް މުހިންމެވެ. އެއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށާއި އިންސިއުލިންގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ފައިބަރު އެހީތެރިވާތީއެވެ.

އެންޓި-އޮކްސިޑެންޓްސްގެ ރަނގަޅު ބާވަތެއް

ބާމިޔާ ތޮޅީގައި ވިޓަމިން ސީ، ކުއަރސެޓިން އަދި ފްލެވަނޯއިޑްސް ފަދަ އެންޓި-އޮކްސިޑެންޓްސް ގިނައިން އެކުލެވެއެވެ. މި ތަކެތީގެ ސަބަބުން ހަށިގަނޑުގެ ގެއްލިފައިވާ ސެލްތައް މަރާމާތުކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ޚާއްސަކޮށް ހަކުރުބަލީގެ ބަލިމީހުންނަށް ފައިބަރާއި އެންޓި-އޮކްސިޑެންޓްސް އެކުގައި ލިބުމުން ވަރަށް ބޮޑު ފައިދާތަކެއް ކުރެއެވެ.

މައުދަނީ ބާވަތްތަކުގެ ބާވަތެއް

ބާމިޔާ ތޮޅީގައި ޕޮޓޭސިއަމް، ކެލްސިއަމް، މެގްނީސިއަމް، އަޔަން، މެންގަނީޒް އަދި ފޮސްފަރަސް ފަދަ މުހިންމު މައުދަނީ ބާވަތްތައް އެކުލެވެއެވެ. މިގޮތުން ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.

2015 ވަނަ އަހަރު ނިއުޓްރިއެންޓްސް ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ބާމިޔާ ތޮޅި ބޭނުންކުރުމުން ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި 2014 ވަނަ އަހަރު ކުރެވުނު އެހެން ދިރާސާއަކުން ދައްކާގޮތުގައި ބާމިޔާ ބޭނުންކުރުމުން ލޭގައި ހުންނަ ހަކުރާއި އިންސިއުލިންގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ބާމިޔާގައި ފައިދާތަކުގެ ތެރޭގައި ނާރސް ސިސްޓަމް ހަރުދަނާކުރުމާއި، މައިދާގައި ޖަރާސީމު އުފެދުން ހުއްޓުވުން ހިމެނެއެވެ. ނަމަވެސް މި ފައިދާތައް އިތުރަށް ދިރާސާކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން