ކުޅިވަރު

އިނގިރޭސި ލީގު ކަޕް: ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުންއިން ޔުނައިޓެޑު ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕް: ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުންއިން ޔުނައިޓެޑު ކަޓުވާލައިފި

ބްރްޔަން ބެއުމޯ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޯގަސްޓު 2025، 07:14

28 އޯގަސްޓު 2025، 07:14

އިނގިރޭސި ލީގު ކަޕުގައި، ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުންއިން މެންޗެސްޓަރ ޔުނައިޓެޑު ކަޓުވާލައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ގްރިމްސްބީ ޓައުންގެ ބްލަންޑެލް ޕާރކުގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2އިން އެއްވަރުވެފައިވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކުން 13 ޕެނަލްޓީ ޖަހާފައިވެއެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި އެ ޓީމާ އެންމެ ފަހުން ގުޅުނު ބެންޖަމިން ސެސްކޯ ހިމެނުނެވެ. މީގެ އިތުރުން ފޯވާޑް ލައިންގައި ދެން ނިކުތީ މެތިއުޒް ކޫނާ އާއި އަމަދު ޑިއާލޯއެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ގްރިމްސްބީއިންނެވެ. އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ، ކުރިޔަށް ކުޅުނު ޗާލްސް ވާރނަމް އާއި ސެންޓްރަލް ޑިފެންސަށް ކުޅުނު ޓައިރެލް ވޮރެންއެވެ.

ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ބްރަޔަން ބެއުމޯއެވެ. އަދި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، ނިމެން މިނެޓަކަށްވެފައި ވަނިކޮށް ހެރީ މެގުއޭގެ ގޯލަކުންނެވެ. 

ޕެނަލްޓީ ޝޫޓް-އައުޓްގައި ޖެހި 13 ޕެނަލްޓީގެ ތެރެއިން، ޔުނައިޓެޑުގެ ގޯލު ބަލަހައްޓަމުން ދިޔަ އޮނާނާގެ ދާގަނޑަށް ވައްދާ ނުލެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ ގްރިމްބީސްއިން ޖެހި ތިން ވަނަ ޕެނަލްޓީއެވެ. އެއާއެކު 5 ވަނަ ޕެނަލްޓީގައި މެޗު ނިންމާލުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބުނުއިރު، ކޫނާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއާއެކު ޔުނައިޓެޑު މެޗުން ބަލިވީ، ބެއުމޯގެ ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން 12-11 އިންނެވެ. 

މި މުބާރާތް އެންމެ ފަހުން ޔުނައިޓެޑުން ކާމިޔާބުކުރީ 2023 ގައެވެ. އަދި އެ ޓީމު ވަނީ ޖުމްލަ 6 ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން