ކުޅިވަރު

އަނިޔާއާ ހެދި ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހު ޤައުމީ ޓީމު އިންޑޮނޭޝިއާއަށް ފުރައިފި

އަނިޔާއާ ހެދި ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހު ޤައުމީ ޓީމު އިންޑޮނޭޝިއާއަށް ފުރައިފި

ޤައުމީ ޓީމު ފުރުމަށް ތައްޔާރުވަމުން ދިޔަ ވަގުތު / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2026، 09:55

26 އޮކްޓޯބަރު 2026، 09:55

ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހު މިއަދު އިންޑޮނޭޝިއާއަށް ފުރައިފިއެވެ. 

ފުރަތަމަ އެކުލަވާލި 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، ފަހު ވަގުތު އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ބާކީކުރަންޖެހުމާ ގުޅިގެން، ކޯޗިން ޓީމުން ވަނީ ސްކޮޑު 24 ކުޅުންތެރިންނަށް މަދުކޮށްފައެވެ. އެހެންނަމަވެސް މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. 

އާއިލީ ސަބަބުތަކާހުރެ އޮޑި ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހުމަދު އައިހަމް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މީގެއިތުން މާޒިޔާގެ ޑިފެންޑަރ ހައިޝަމް އަނިޔާގައި ހުރުމުން ޓީމާ އެކު ނުދެއެވެ.

މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާލާއިރު އަހުމަދު ރިޒުވާން އާއި މުހައްމަދު އިރުފާން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ޤައުމީ ސްކޮޑުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ކްލަބުގެ ކެޕްޓަން އަލީ ހަމްދާނަށް ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތު ދިނުމެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ސީނިއަރ ޤައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އިންޑޮނޭޝިއާގައި ހޭދަކުރާ މުއްދަތުގައި ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޭމްޕަށްފަހު ސާފް ޗެމްޕިއަންޝިޕް ބާއްވާ ބަނގުލަދޭޝްއަށް ޓީމު ދާނީ މާލެ އައުމަށްފަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450