ކުޅިވަރު

ފަލަސްތީނުގެ ޒުވާން ޓީމު ގުރައިދޫގައި ކޭމްޕްކޮށްފި

ފަލަސްތީނުގެ ޒުވާން ޓީމު ގުރައިދޫގައި ކޭމްޕްކޮށްފި

ފަލަސްތީނުގެ ޒުވާން ޓީމަށް ގުރައިދޫއިން މަރުހަބާ ކިޔުން / ފޮޓޯ: އެފްއޭއެމް

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2026، 09:31

27 އޮކްޓޯބަރު 2026، 09:31

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު، ކ. ގުރައިދޫގައި ކޭމްޕްކޮށްފިއެވެ. މި ޒުވާން ޓީމަށް ގުރައިދޫ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އަންގާރަ ދުވަހު ގުރައިދޫއަށް ދިޔަ ފަލަސްތީނުގެ ޒުވާން ޓީމަށް މަރުޙަބާ ކިއުމަށްޓަކައި ރަށުގެ ކުދިބޮޑު އެންމެންވަނީ ބަނދަރު މައްޗަށް ޖަމާވެފައެވެ. ޚާއްސަ ގޮތެއްގައި، ޒުވާން ޓީމުގެ ޝަރަފުގައި ބޮޑުބެރުގެ ޘަޤާފީ ހަރަކާތްތަކެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ފަލަސްތީނުގެ ޓީމަށް ދިވެހި ރާއްޖެއިން ދިން ހިތްފަޅި މަރުޙަބާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ، މިފަދަ ބައިނަލްއަޤްވާމީ ޓީމެއް އެރަށުގައި ކޭމްޕް ކުރުމުގެ ފުރުސަތު ލިބުމަކީ އެރަށަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އަދިވެސް އިތުރު ބައެއް ކަންކަން ރާވަމުންދާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އެގޮތުން، ރާއްޖޭގެ ޘަޤާފަތް ދައްކާލުމަށް "މޯލްޑިވިއަން ނައިޓް" އެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް ޝަލީޒް ހާމަކުރެއްވިއެވެ.

ފަލަސްތީނުގެ ޒުވާން ޓީމަށް ގުރައިދޫއިން މަރުހަބާ ކިޔުން / ފޮޓޯ: އެފްއޭއެމް

މި ތަމްރީނު ކޭމްޕްގެ ތެރެއިން ފަލަސްތީނުގެ ޒުވާން ޓީމުން ރާއްޖޭގެ ޒުވާން ޓީމާއެކު ދެ އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު އޮކްޓޯބަރު 30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ފަލަސްތީނު ޓީމު މި ކޭމްޕު ނިންމާލުމަށްފަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450