ވިޔަފާރި

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ފަށައިފި

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ފަށައިފި

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2025، 05:03

28 އޯގަސްޓު 2025، 05:03

މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި ބާއްވާ "މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް" މިއަދު ފަށައިފިއެވެ. 

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދެވެ.

މި ފޯރަމަކީ މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކި މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ.

 "މިހާރު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރަނީ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައް. އެހެންނަމަވެސް އެއީ އެއްނޫން އަސްލު މަދަނީ ޖަމްޢިއްޔާތަކުގެ ހަޤީޤީ މާނައަކީ. ޖަމްޢިއްޔާތައް ބާރުވެރިކޮށްދެންޖެހޭ. މާލީގޮތުންވެސް އެބޭފުޅުންނަށް ތަނަވަސްކަން ހޯދައިދެންޖެހޭ" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ފޯރަމްތަކުގެ ސަބަބުން ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެއެވެ. އަދި މާލީ ގޮތުން ޖަމްޢިއްޔާތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީ، އަދި 6 އަތޮޅު ކައުންސިލުން ބައިވެރިވެއެވެ. މި ފޯރަމް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއްކަން ފާހަގަކުރެވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން