ކޮލަމް

ދަރިންގެ ހިތްތަކުގައި ޖަހާ ޒަޚަމް: މައިންބަފައިންގެ އިހާނާތުގެ ހިތްދަތި ވާހަކަ

ދަރިންގެ ހިތްތަކުގައި ޖަހާ ޒަޚަމް: މައިންބަފައިންގެ އިހާނާތުގެ ހިތްދަތި ވާހަކަ

ފިކުރުބޮޑުވެ، ދެރަވެފައި އިން މީހެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޯގަސްޓު 2025، 08:00

29 އޯގަސްޓު 2025، 08:00

ހުލާސާ


އަހަރެމެންގެ މި ދިވެހި މުޖުތަމަޢުގައި ޢާންމު ގޮތެއްގައި އަބަދުވެސް  އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކައަކީ ދަރިން މައިންބަފައިންނަށް އިހާނާތްތެރިކޮށް، އެކަށީގެންނުވާ ގޮތްގޮތަށް ކަންތައް ކުރާ ވާހަކައެވެ. މިއީ ހަމަ ޔަޤީނުންވެސް އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.

ނަމަވެސް، މި ލިޔުމުގައި ބަލައިލާނީ މިކަމުގެ އަނެއް ފަރާތަށެވެ.  އެއީ، މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބޭ އިހާނާތާއި، އެކަމުގެ ސަބަބުން ދަރިންނަށް ކުރާ ނޭދެވޭ އަސަރުތަކަށެވެ. މިއީ ދެކެވުން މަދު ވާހަކައެއް ނަމަވެސް، މުޖުތަމަޢަށް ވަރަށް ބޮޑު އަސަރެއް މިކަމުން ކުރާ ވަރަށް ނާޒުކު މައްސަލައެކެވެ. މިކަމުގެ ނުބައިކަމާއި، މިކަމުގެ ސަބަބުން ދުނިޔެއާއި އާޚިރާތުގައި ވެސް ލބިގެންދާ ގެއްލުންތަކުގެ ވާހަކަތައް އަޑުހަރުކޮށް ދައްކަން ޖެހެއެވެ.

މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބޭ އިހާނާތް އެތައް ގޮތަކުން ފެނިދާނެއެވެ. ބައެއްފަހަރު މިއީ ހަށިގަނޑަށް ކުރާ އަނިޔާއެވެ. އެގޮތުން ދަރިން ގައިގައި ތަޅައި، ޖަހައި ހަށިގަނޑަށް ތަދު ދިނުމަކީ މި ކުޑަކުޑަ މުޖްތަމަޢުގައި ވެސް ވަރަށް ނުބައިކޮށް ފެތުރިފައިވާ ޢަމަލެކެވެ. ނަމަވެސް، ހަށިގަނޑަށް ކުރާ އަނިޔާއަށްވުރެ ބޮޑަށް ދަރިންނަށް ހަޤީގަތުގައި އަސަރުކުރާ އަނިޔާއަކީ ނަފްސާނީ ގޮތުން ލިބޭ އަނިޔާތަކެވެ.

މައިންބަފައން ދަރިންނަށް މަލާމާތްކުރުމާއި، އެހެން ކުދިންނާ އަޅާކިޔައި ދަށްކޮށްލުމާއި، އަބަދުވެސް ފާޑުކިޔައި ނުކުޅެދޭ ކުދިންނަށް ހެދުމަކީ، އެކުދިންގެ ހިތްތަކުގައި ފުން ޒަޚަމްތަކެއް އުފައްދާ ކަމެކެވެ. ބައެއް މައިންބަފައިން ދަރިންނަށް ގޯނާކުރަނީ ގަސްތުގައި ނޫންކަމަށް ވެދާނެއެވެ. ނަމަވެސް، އެކަށީގެންވާ ސަމާލުކަމާއި ލޯތްބާއި ހިތްވަރު ނުދީ ދުރުދުރުން ބެލެހެއްޓުމަކީ ވެސް، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ނަގާލާ ކަމެކެވެ.

މައިންބަފައިންނަކީ ދަރިންނަށް އެންމެ ރައްކާތެރިވާނެ، އެންމެ ލޯބިވާނެ ބައެއްކަމުގައި ދަރިން ޤަބޫލުކުރެއެވެ. އެހެންކަމުން، އެމީީހުންގެ ފަރާތުން ލިބޭ އިހާނާތުގެ ސަބަބުން ދަރިންގެ ހިތްތަކުގައި ޖެހޭ ޒަޚަމް ވަރަށް ފުންވާނެއެވެ. އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ހިތްދަތިކަމާއި ފިކުރުބޮޑުވުމުގެ ތެރެއަށް ވެއްޓިދާނެއެވެ. މާޔޫސްކަމާއި ބިރުވެރިކަން އެ ލޯބިވާ ދަރީންގެ އެކުވެރިންނަށް ވެގެންދާނެއެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން އެކުދިން ބޮޑެތިވީމާވެސް އެހެން މީހުންނާ ގުޅުން ބަދަހިކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ބައެއް ފަހަރު މިކަމުގެ ސަބަބުން ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބަޔަކަށްވެސް އެކުދިން ވެދާނެއެވެ. މިއީ މުޅި މުޖުތަމަޢަށްވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

އިސްލާމްދީނުގައި ދަރިންނަށް ހެޔޮކޮށް ހިތުމަށާއި، އެކުދިންނަށް ލޯބި ދިނުމަށާއި، ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ ދަރިންނަށް ލޯތްބާއި އޯފގާތެރިކަމާއެކު މުޢާމަލާތް ކުރުމުގެ މަތިވެރި މިސާލު ދައްކަވާފައެވެ. ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނަށް ދެއްވާފައިވާ މަތިވެރި އަމާނާތަކަށް ވީއިރު، މި އަމާނާތަށް ޚިޔާނަތްތެރިވާ ފަރާތްތަކަށް ދެ ދުނިޔޭގައި ވެސް އެކަމުގެ ހިތި ނަތީޖާ ފެންނާނެކަން ޔަޤީނެވެ. 

އެކުދިންނަށް ހެޔޮކޮށް ހިތައި، އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ބިނާކޮށްދިނުމަކީ މައިންބަފައިންގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. ދަރިންނަށް އިހާނާތްތެރިވުމަކީ، ﷲގެ ޙަޟްރަތުގައި ވަރަށް ބޮޑު ކުށެކެވެ. ދަރިންނަށް އަނިޔާކޮށް، އެކުދިންގެ ހިތްތަކުގައި ޒަޚަމް ޖެއްސުމަކީ ޢަޛާބު ލިބޭނެ ކަމެއްކަމަށް ދީނުގައި ބަޔާންވެގެންވެއެވެ. މައިންބަފައިންގެ ވާޖިބަކީ ދަރިންނަށް ހިތްވަރު ދިނުމާއި، އެކުދިންނަށް ތަޢުލީމު ދިނުމާއި، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.

ކޮންމެ މަޔަކަށް ވެސް ބަފަޔަކަށް ވެސް ދަރިންނަކީ ލިބިފައިވާ އަގުނުކުރެވޭނެ ނިޢުމަތެއްކަން އެނގި، އެކުދިންނަށް ހެޔޮކޮށް ހިތައި، ލޯބިދީ ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރަންވާނެއެވެ. އިހާނާތުގެ ބަސްތަކުން ދަރިން ސަލާމަތްކޮށް، އެކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި އުންމީދު އުފެއްދުމަކީ، މުޖުތަމަޢުގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި މުހިންމު ކަމެކެވެ.

މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބޭ އިހާނާތްތަކާމެދު ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ހޭލުންތެރިވާން ޖެހެއެވެ. ދަރިންގެ ހިތުގައި އުމުރަށް ދެމިހުންނާނެ ފަދަ ޒަޚަމްތައް ނުދިނުމަށް އަޒުމުކަނޑައަޅަން މިއަދު ވެސް މާ ލަސްވެއްޖެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން