Ads by Exprox

ޚަބަރު

ލޯނު ނުދެއްކުމާ ގުޅިގެން ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއިން އިޢުލާނުކޮށްފި

ލޯނު ނުދެއްކުމާ ގުޅިގެން ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއިން އިޢުލާނުކޮށްފި

ކުޑަ ފަރެސް ފޮޓޯ:ޓްރިޕް އެޑްވައިޒަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޮކްޓޯބަރު 2024، 06:08

27 އޮކްޓޯބަރު 2024، 06:08

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ގެ ކުންފުނި ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް އަނބުރާ ނުދެއްކުމާއި ގުޅިގެން، ރިސޯޓުގެ ގޮތުގައި ތަރައްޤީކޮށްފައިވާ ލ. އަތޮޅުގެ ތިން ރަށެއް ވިއްކާލުމަށް ބީއެމްއެލްއިން ވަނީ އިޢުލާނުކޮށްފައެވެ.

ވިއްކާލުމަށް އިޢުލާނުކޮށްފައިވާ ތިން ރަށަކީ:

  1.  ފަރެސް
  2.  ކުޑަފަރެސް
  3.  ބޮޑުހުރާ

މި ރަށްތައް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ބޭންކުން ވަނީ ހުޅުވާލާފައެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދެ އޮޕްޝަނުގެ ތެރެއިން އެއް އޮޕްޝަނަށް ނުވަތަ ދެ އޮޕްޝަނަށްވެސް ބިޑު ހުށަހެޅިދާނެއެވެ:

  • އޮޕްޝަން 1: ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާ އެއްކޮށް، އެންމެ ދަށް އަގެއްގެ ގޮތުގައި 23,262,000 އެމެރިކާ ޑޮލަރު
  • އޮޕްޝަން 2: ފަރެސް އަދި ކުޑަފަރެސް ވަކިން، އެންމެ ދަށް އަގެއްގެ ގޮތުގައި 23,262,000 އެމެރިކާ ޑޮލަރު އަދި ބޮޑުހުރާ ވަކިން، އެންމެ ދަށް އަގެއްގެ ގޮތުގައި 23,262,000 އެމެރިކާ ޑޮލަރު

ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 28  ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް ބިޑު ކާމިޔާބުވިކަން އެންގުމަށްފަހު، 5  ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭގޮތަށް 100,000 އެމެރިކާ ޑޮލަރު ބީއެމްއެލްއަށް ދައްކަންޖެހޭނެއެވެ.

ރީކޯ މޫސާގެ ކުންފުނިތަކަކީ ޓެކްސް ނުދައްކާ ކުންފުނިތަކުގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢާންމުކޮށްފައިވާ  ލިސްޓުގައި ހިމެނޭ ކުންފުނިތަކެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco