Ads by Stelco

ޚަބަރު

ޖާވާކަރަ ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު ހުޅުވައިފި

ޖާވާކަރަ ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު ހުޅުވައިފި

ޖާވާކަރަ ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު ހުޅުވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ސެޕްޓެމްބަރު 2025، 07:22

02 ސެޕްޓެމްބަރު 2025، 07:22

ޖާވާކަރަ ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރެއް ހުޅުވައިފިއެވެ. 

މި ސެންޓަރު ރަސްމީކޮށް ހުޅުވުމަށް އެ ރިޒޯޓުގައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސް އިބްރާހިމް ޙިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ. 

އަދި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ވަޒީރު ޠާރިޤު އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

މެރިން ރިސަރޗް ސެންޓަރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޗަމްޕަރ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެން ދާއިރު މި ފަދަ ސެންޓަރުތައް ރިސޯޓުތަކުގައި ހުރުމަކީ މުހިންމުކަމެއް ކަމުގައެވެ. އެގޮތުން މިފަދަ ސެންޓަރުތަކުގެ އެހީގައި ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އެ ތަކެތީގެ ވެށި ހިމާޔަތްކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

މި މެރިން ރިސަރޗް ސެންޓަރއަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމަށް ހުޅުވި ސެންޓަރެއްކަމަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި މި ސެންޓަރުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތަކަށް އަންނަމުންދާ ބަދަލުތަކާއި، މުރަކަތަކަށް ދިމާވާ އެކި މައްސަލަތުގެ އިތުރުން ތަފާތު އެކި ދިރާސާތައް ކުރެވޭނެއެވެ.

ޖާވާކަރަ ރިސޯޓުގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ރިސަރޗް ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތައް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމް ވެސް ޤާއިމްކޮށްފައިވެއެވެ.

މި ރިސަރޗް ސެންޓަރު ހުޅުވުމާއި ގުޅުވައިގެން ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ސައިންޓިސްޓުން ބައިވެރިވެގެން ވޯކްޝޮޕެއް ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން