Ads by Farudhun

ޚަބަރު

"ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތުގެ ހަމަވަނީ

"ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތުގެ ހަމަވަނީ

ދަނޑުވެރި މަސައްކަތެއް / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2026، 07:45

29 އޮކްޓޯބަރު 2026، 07:45

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ރާއްޖޭގެ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދޫކުރާ "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ.

އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޫބަރު 2026 އެވެ. މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ މެޕްގެ ހަރަކާތްތައް ރަސްމީކޮށް ހިންގަމުންދާ ހއ.، ހދ. އަދި ށ. އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތައް (އެންޖީއޯ)، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ހިންގާ މި ގްރާންޓްގެ ދެވަނަ ބުރަށް މި އަތޮޅުތަކުގެ ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ވަކިން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަން ކުރުމަށް ތަޢާރަފްކުރެވޭ "ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން" ގެ ދަށުން، އައު ގްރީން ހައުސްތައް ޤާއިމުކުރުމަށާއި، ހައިޑްރޮޕޯނިކްސް ސިސްޓަމްތައް ފަދަ ޒަމާނީ އުކުޅުތަކަށް އަހުލުވެރިވުމަށް ގިނަ ފަރާތްތަކަކުން ވަނީ އެދި ހުށަހަޅާފައެވެ.

މި ސްކީމުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް، އެ ފަރާތަކުން ހުށަހަޅާ މަޝްރޫޢުގެ ޖުމްލަ ޚަރަދުގެ %30 އާއި %50 އާ ދެމެދުގެ މިންވަރަކަށް ހިލޭ އެހީ ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގޮތުން ކޮންމެ ފަރާތަކަށްވެސް ގިނަވެގެން 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ހިލޭ އެހީގެ ފައިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މިހާރު ކުރިއަށްދަނީ މި ސްކީމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ. މި މަރުޙަލާ ނިމުމުން، ގްރާންޓް ދިނުމަށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާ ފަރާތްތަކަށް އެހީ ދޫކުރުމުގެ އެންމެހައި އިދާރީ މަރުޙަލާތައް ކުރިއަށްގެންދާނީ އެސްއެމްއީ ޑިޖިޓަލްގެ ފަރާތުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450