ޚަބަރު
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލު ބަލާފާސްކުރަނީ
ރެހެންދި ސްކޫލު.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލުގައި ޙަރަކާތްތެރި ވަމުން ދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ވާ ގޮތުން، ފުލުހުން މިހާރު ދަނީ ރެހެންދި ސްކޫލު ބަލާފާސްކުރަމުންނެވެ.
ފުލުހުން ރެހެންދި ސްކޫލު ބަލަން ފަށާފައިވަނީ އެސްކޫލުގައި ބޮމެއްގެ އިންޛާރު ދިނުމުން ކަމަށް ބައެއް މީޑީޔާތަކުން ބުނެއެވެ. ނަމަވެސް ރެހެންދި ސްކޫލު ބަލާފާސްކުރަން ފެށި ސީދާ ސަބަބު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ތަފްޞީލު އަންނަނީ...