Ads by Stelco

ޚަބަރު

ވެލާނާ އެއަރޕޯޓްގެ ކުއްލި ހާލަތުގެ ތަމްރީނަށް ސިނަމާލެ ބްރިޖްގެ ބަޔެއް މިއަދު ހަވީރު ބަންދު

ވެލާނާ އެއަރޕޯޓްގެ ކުއްލި ހާލަތުގެ ތަމްރީނަށް ސިނަމާލެ ބްރިޖްގެ ބަޔެއް މިއަދު ހަވީރު ބަންދު

ސިނަމާލެ ބްރިޖު ފޮޓޯ: ވިކިޕީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 01:52

08 ސެޕްޓެމްބަރު 2025، 01:52

 ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް-ސްކޭލް އިމަރޖެންސީ އެކްސަސައިޒްއާ ގުޅިގެން، ސިނަމާލެ ބްރިޖްގެ ބަޔެއް މިއަދު ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދުކުރަން ނިންމައިފިއެވެ. ބަންދުކުރަން ނިންމާފައިވަނީ ސިނަމާލެ ބްރިޖުގެ އެއަރޕޯޓަށްވާ ލޭނެވެ.

މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އަޙްމަދު ރަމީޒު ވަނީ، ބްރިޖްގެ އެއްފަޅި ބަންދުކުރެވިފައިވާ ވަގުތުތަކުގައި ބްރިޖް އަދި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ފުލުހުންގެ އިރުޝާދާއެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ބްރިޖްގެ އެއްފަޅި ބަންދުކުރެވުމާއެކު ފުދޭވަރަކަށް ބާރުބޮޑުކޮށް ދާނެ. މި ވަގުތުތަކުގައި މި ސަރަޙައްދުގައި ބްރިޖް އެންޑް ހައިވޭގައި މަސައްކަތްކުރާ ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުންދާނެ. ދަތުރުފަތުރުކުރައްވާ ހުރިހާ ބޭފުޅުންވެސް ފުލުހުން ދެއްވާ އިރުޝާދާއެއްގޮތަށް ދަތުރުފަތުރު ކުރެއްވުމަކީ ވަރަށް މުހިންމުކަމެއް. ހުރިހާ ބޭފުޅުންވެސް ދަތުރުކުރައްވާއިރު، ޚާއްސަކޮށް ހަވީރުގަޑިއަކީ ސްކޫލްތަކާއި، އޮފީސްތައް ނިމޭގަޑި. ވުމާއެކު ވަރަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ޤަވާއިދާއެއްގޮތަށް ބަލައިގެން ދަތުރުކުރެއްވުމަށް އެދެން  

ރަމީޒް


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެއަރޕޯޓު ފުލް ސްކޭލް އެކްސަސައިޒަކީ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގެ މައިގަނޑު މަޤްސަދަކީ އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމާއި، އެހެން ހުރިހާ މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ، ހައްލުކުރުމެވެ. މި އެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެއެވެ. ވެލާނާ އެއަރޕޯޓުގައި ފުލް ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން