Ads by Farudhun

ޚަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދެ ރޭލު ޖެހިފައި---

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2026، 01:14

30 އޮކްޓޯބަރު 2026، 01:14

ސްޕެއިންގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސްޕެއިންގައި ހިނގައިދިޔަ މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައި، ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، މި ނުރައްކާތެރި އެކްސިޑެންޓުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކުރައްވައި، އެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ. އަދި މި ޙާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ލިބުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ، ޓްރެއިންތައް އޮޕަރޭޓުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450