Ads by Stelco

ޚަބަރު

އަޙްމަދު މަޚްލޫފް އެމްޑީޕީއަށް އަލްވަދާޢު ވިދާޅުވެއްޖެ

އަޙްމަދު މަޚްލޫފް އެމްޑީޕީއަށް އަލްވަދާޢު ވިދާޅުވެއްޖެ

އަޙްމަދު މަޚްލޫފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 05:30

08 ސެޕްޓެމްބަރު 2025، 05:30

ކުރީ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ވަކިވެވަޑައިގެންފިއެވެ. އެމްޑީޕީ ސަރުކާރުގައި ކުޅިވަރާބެހޭ ވަޒީރުގެ މަޤާމު ފުރުއްވެވި މަޚްލޫފް އެމްޑީޕީއިން ވަކިވެވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މަޚްލޫފް އެމްޑީޕީއިން ވަކިވުމަށް އެދިވަޑައިގެން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މަޚްލޫފް ވަނީ އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގަތުމަށް ބޭނުންފުޅުވާތީ، ޕާޓީގެ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އޭނާގެ ސިޓީގައި 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި، އެމަނިކުފާނުގެ ކެބިނެޓްގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން، އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޚްލޫފަށް ތާއީދުކޮށްދެއްވި ހުރިހާ މެންބަރުންނަށް ވެސް މަޚްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީއިން ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމާމެދު ހިތްހަމަނުޖެހޭ މެންބަރުންގެ ކިބައިން މަޢާފަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މަޚްލޫފް ސިޔާސީ ދާއިރާއަށް ނުކުންނެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޑީއާރުޕީގެ ފަރާތުންނެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އެއިރު މަޚްލޫފް ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން