ޚަބަރު
ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް ލޯނު ލިބުނު ފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުން މިނިސްޓަރ ޝިޔާމް ޝަރަފްވެރިކޮށްދެއްވައިފި
މިނިސްޓަރ ޝިޔާމް އަދި ލޯނު ލިބުނު ފަރާތްތައް ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް
ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރެވުނު ލޯނު ލިބުނު ފަރާތްތަކާއެކު ބޭއްވުނު ޚާއްޞަ ބައްދަލުވުމެއް މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު އަޙްމަދު ޝިޔާމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވުނު ޕްރޮގްރާމެއްގެ ބައެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޝަރުތުތަކެއްގެ ދަށުން ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ލޯނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ލޯނު ލިބުނު ފަރާތްތަކުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވައި، ޤައުމީ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.
ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނު ލިބުނު ފަރާތްތަކާއެކު ބާއްވާ ބައްދަލުވުން ވަޒީރު އަޙްމަދު ޝިޔާމް ޝަރަފްވެރިކޮށްދެއްވުން.
— Ministry of Fisheries and Ocean Resources (@MFORmv) October 28, 2024
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި… pic.twitter.com/HGkOSLhl07