ޚަބަރު
އޭޕީއޭޕީގެ ކޯ-ޗެއަރގެ ހައިސިއްޔަތުން މިނިސްޓަރ ޠާރިޤު އައިޔޫސީއެން ގްރީން ލިސްޓް އެވޯޑް ހަވާލުކުރައްވައިފ
މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް ފޮޓޯ:މޫސުމާބެހޭ ވުޒާރާ
މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ) ގެ ކޯ-ޗެއަރގެ ހައިސިއްޔަތުން އައިޔޫސީއެން ގްރީން ލިސްޓް އެވޯޑް ހަވާލުކުރައްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު، އެވޯޑް ލިބިވަޑައިގަތް ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި ގްރީން ލިސްޓް މިންގަނޑުތައް ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ގެންގުޅުއްވާ ލަނޑުދަޑިތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އައިޔޫސީއެން ގްރީން ލިސްޓް އެވޯޑަކީ ރައްކާތެރިކުރެވިފައިވާ އަދި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ބެލެހެއްޓޭ ސަރަޙައްދުތަކަށް ދެވޭ ޚާއްޞަ އެވޯޑެކެވެ. މި އެވޯޑު ލިބުމަކީ އެ ސަރަޙައްދެއްގެ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތުގައި ހާސިލުކޮށްފައިވާ ކާމިޔާބީގެ ހެއްކެކެވެ.
މިނިސްޓަރ ޠާރިޤު އިތުރަށް ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރާއި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ މުހިންމު މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އިސްނެގުމަކީ މުހިންމުކަމެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކި ޤައުމުތަކުގެ އިސް ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންނެވެ. މި އެވޯޑު ދިނުމުގެ މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިތުރު ހިތްވަރެއް ދިނުމާއި، މި ދާއިރާގައި ކުރެވޭ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ހޯދައިދިނުމެވެ.
As the co-chair of Asia Protected Area Partnership (APAP), Minister @thoriqibrahim presented a new recipient with the @IUCN Green List Award. He extended congratulations to all recipients and emphasized Maldives commitment to implementing the GL standard nationally. pic.twitter.com/npLGG65V9L
— Min. of Climate Change, Environment and Energy (@MoEnvmv) October 28, 2024