Ads by Stelco

ޚަބަރު

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ސާއިދު ޖަޕާނަށް ފުރައިފި

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ސާއިދު ޖަޕާނަށް ފުރައިފި

ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ސާއިދު---

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2025، 06:46

10 ސެޕްޓެމްބަރު 2025، 06:46

ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓޯކްޔޯ 2025ގައި ވާދަކުރުމަށް ސާއިދު ޖަޕާނަށް ފުރައިފިއެވެ.

މި މަހުގެ 13-21އަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އޮންނަ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ ހަމައެކަނި  ސާއިދަށެވެ. 

އެންމެފަހުން ބައިނަލްއަޤުވާމީ މައިދާނުގައި ސާއިދު ވާދަކޮށްފައި ވަނީ ޗައިނާގެ ނަންޖިންގައި ބޭއްވި ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައެވެ. މާރޗު މަހުގެ 21-30އަށް ބޭއްވި އެ މުބާރާތުގައި ސާއިދު ވާދަކުރި ހީޓުން އޭނާއަށް ލިބުނީ ހަވަނައެވެ.

އެ މުބާރާތުގައި ޖުމްލަ ތިން ފަހަރެއްގެ މަތިން ވާދަކުރި ސާއިދު ވަނީ މިދިޔަ އަހަރު ސްކޮޓްލެންޑްގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތާއި، 2022 ވަނަ އަހަރު ސާރބިއާގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.

ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައިވާ ސާއިދު ވަނީ 2024 ވަނަ އަހަރު އިރާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން