Ads by Stelco

ޚަބަރު

ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފި!

ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފި!

ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފި. ފޮޓޯ: ސަރުކާރު.

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2025، 11:41

10 ސެޕްޓެމްބަރު 2025، 11:41

ބިދޭސީ މަސައްކަތްތެރިީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ބިދޭސީ މަސައްކަތްތެރިީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނުގައި ވާ ގޮތުން، ވަޒީފާއާ ބެހޭ ޤާނޫނުގެ 8 ވަނަ އިޞްލާޙުގައި ވާ ގޮތުގެ މަތީން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށް ފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތީން -/100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ވީމާ، މިސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ޙަވާލާދެވުނު މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުން ދާނެ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ވަޒީފާ ދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާޞް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި ކަމާ ގުޅުންހުރި ހުރިހައި އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސް ނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން