Ads by Farudhun

ޚަބަރު

ބިޒްނަސް އަދި ސްޕެޝަލް ވިޒާގައި ތިބޭ ފަރާތްތަކަށް ވަރކް ޕަރމިޓަށް ބަދަލުނުވެވޭ ގޮތް ހަދައިފި

ބިޒްނަސް އަދި ސްޕެޝަލް ވިޒާގައި ތިބޭ ފަރާތްތަކަށް ވަރކް ޕަރމިޓަށް ބަދަލުނުވެވޭ ގޮތް ހަދައިފި

އިމިގްރޭޝަނުން ބިދޭސީން ބަލައި ފާސްކުރަނީ. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ސެޕްޓެމްބަރު 2026، 01:10

15 ސެޕްޓެމްބަރު 2026، 01:10

ބިޒްނަސް އަދި ސްޕެޝަލް ވިޒާގައި ތިބޭ ފަރާތްތަކަށް ވަރކް ޕަރމިޓަށް ބަދަލުނުވެވޭ ގޮތް ހަދައިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރެއްވި އިއުލާނެއްގައިވިދާޅުވީ، ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެއް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމުގައިވީނަމަވެސް، ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން، 15 ސެޕްޓެމްބަރ 2026 އިން ފެށިގެން، ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން 'ވަރކް ވިޒާ' އަށް ބަދަލުނުވެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. 

މި ވިޒާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެކަން ވުޒާރާއިން ވަނީ، ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތަށް ޓަކައި ދަންނަވައިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވުމަށް ނުވަތަ mv.gov.home@xpat އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގައި ގާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން  ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވައެވެ. މިގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 200،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. މި ހަރަކާތަކީ ރާއްޖޭގައި ތިބި ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭހެން ބަޔޮމެޓްރިކް ޑޭޓާ ނަގައި، އެމީހުންގެ ހަގީގީ ވަނަވަރު ސާފުކުރުމަށް ހިންގޭ ހާއްސަ ހަރަކާތެކެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރަސްމީ އިދާރާތަކަށް މައުލޫމާތު ހިއްސާނުކޮށް ފިލައިގެން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450