Ads by Farudhun

ޚަބަރު

ހަރުދަނާ ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީ އާއި ޖޫރިމަނާއިން ބޮޑު ބައެއް ހޯދައިފި

ހަރުދަނާ ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީ އާއި ޖޫރިމަނާއިން ބޮޑު ބައެއް ހޯދައިފި

ކުރަނގި އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ:ހޯމް މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 11:41

20 ނޮވެމްބަރު 2026، 11:41

ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރެއިން ބޮޑުބައެއް ހޯދައި، ދައުލަތަށް ނުލިބިވާ އަދަދު 565 މިލިޔަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީތަކާ ގުޅޭގޮތުން ވުޒާރާއިން އާންމުކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، 17 ނޮވެންބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ އޮތެވެ. ނަމަވެސް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ދައުލަތަށް ނުލިބި އޮތް އަދަދު މިހާރު ވަނީ 565 މިލިޔަން ރުފިޔާއަށް ތިރިކުރެވިފައެވެ. ސަރުކާރުން މި ފައިސާ ހޯދުމުގެ ހާއްސަ މަސައްކަތްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ފައިސާ ހޯދުމަށްޓަކައި ނިޒާމަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އިތުރުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

އެ ފިޔަވަޅުތަކުގެ ދަށުން 31 އޮގަސްޓް 2026 ގެ ނިޔަލަށް 13,987 ފަރާތެއް ސިސްޓަމުން ސަސްޕެންޑްކޮށްފައިވެއެވެ. އަދި ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކަށް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާފައިވާއިރު، މިހާތަނަށް އެފަދަ 265 މައްސަލައެއް ސިސްޓަމްގައި ރެކޯޑްކުރެވި ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެއިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މި ސަރުކާރުން ފެށި "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދިފައިވާކަން ވުޒާރާއިން ފާހަގަކުރިއެވެ. އެގޮތުން، ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި މިހާރު ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450