Ads by Farudhun

ޚަބަރު

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް، ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް، ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވާނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 ނޮވެމްބަރު 2026، 12:09

20 ނޮވެމްބަރު 2026، 12:09

ދިވެހިރާއްޖޭގެ 56 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 56 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަދި އެކި ދާއިރާތަކުން މަތީ ދަރަޖަ ހޯއްދެވި 57 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އަރުވައިފިއެވެ.

މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ޤައުމީ ފެންވަރުގައި ބޭއްވުނު މި ޖަލްސާގައި، ދިވެހި ދައުލަތަށާއި ޤައުމަށް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ދެ ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެގޮތުން، ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވަނީ މ. ގަސްކަރަ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް އަދި މ. ސިލްވަރކްލައުޑް ޢައްބާސް އިބްރާހީމަށެވެ. މީގެ އިތުރުން ތަޢުލީމީ ގޮތުންނާއި އެކި ހުނަރުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދެވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދައުލަތުގެ އިސް ވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ 1968 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، ޤައުމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާ ބޭފުޅުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމަކީ މި ދުވަހުގެ މުހިންމު އެއް ބޭނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450