Ads by Farudhun

ޚަބަރު

ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

20 ނޮވެމްބަރު 2026، 12:21

20 ނޮވެމްބަރު 2026، 12:21

ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ބޭސްތަކަށް ޖަރާސީމު ނުގުޑުމުގެ ނުވަތަ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭ.އެމް.އާރް) މައްސަލަ އަކީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްކަން ފާހަގަކުރައްވައި، ޒިންމާދާރުކަމާއެކު ބޭސް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާއާ ގުޅިގެން ދެއްވި މެސެޖެއްގައި، އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެންޓިމައިކްރޯބިއަލް ރެސިސްޓެންސްގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހީގެ އިތުރުން މުޅި ތިމާވެށީގެ ދުޅަހެޔޮކަމަށްވެސް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.

ބޭހަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެއްޗެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ޖަރާސީމު ނައްތާލާ ބޭސްތަކުގެ އަސަރު ކެނޑިގެންދާ ހިނދު، އާންމު އިންފެކްޝަންތައް އިތުރުވެ، ބަލިތަކަށް ފަރުވާކުރުމަށް ދަތިވެގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ އަދި ފާގަތި މުސްތަޤުބަލެއް ހޯދައިދެވޭނީ ޒިންމާދާރުކަމާއެކު މިފަދަ ބޭސްތައް ބޭނުންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ހިތްވަރުދީ، އަދި ތިމާވެށި ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

މިއަހަރުގެ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާ ފާހަގަކުރާއިރު، އިންސާނުންނާއި ޖަނަވާރާއި ތިމާވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާކަން ހާމަކޮށްދޭ "ވަން ހެލްތު"   ސްލޯގަން ފެތުރުމަށޤ އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އަޅުގަނޑުމެން އެންމެންގެ ހިއްސާވާ މުސްތަޤުބަލު ރައްކާތެރިކޮށް، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450