Ads by Exprox

ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 45.82 ޕަސެންޓް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 45.82 ޕަސެންޓް ނިމިއްޖެ

ތިލަމާލެ ބްރިޖު ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޮކްޓޯބަރު 2024، 03:56

28 އޮކްޓޯބަރު 2024، 03:56

ތިލަމާލެ ބްރިޖު މަސައްކަތުގެ 45.82 ޕަސެންޓު މިހާރު ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ދެއްވި މަޢުލޫމާތުގައި، މިހާތަނަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 79.5 ޕަސެންޓު، ޕްރީކާސްޓު ސެގްމަންޓުގެ 43.5 ޕަސެންޓު، ޕައިލް ކެޕްގެ މަސައްކަތުގެ 67.8 ޕަސެންޓު އަދި ޕިއާ ކޮމްޕްލެކްސްގެ 62.2 ޕަސެންޓު ހިމެނެއެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިނިސްޓަރު ވިދާޅުވެފައިވަނީ މަސައްކަތް ނިންމުމުގައި ތާވަލުގައި އޮތް މިންވަރަށްވުރެ ބޮޑުތަނުން ލަސްވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ފުން ކަނޑުގައި ބްރިޖު އެޅުމުގެ ތަޖުރިބާ އެފްކޮންސްގައި ނެތުމާއި، މަސައްކަތުގެ ބުރަކަމާއި ބޮޑުކަން އަންޑާ އެސްޓިމޭޓްކޮށްފައިވުމެވެ.

މާ ބޮޑުތަނެއް ލަސްކަމެއް ނުފެނު ނަމަވެސް ބައެއް ކްރިޓިކަލް މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރޭގައި ޑީޕް ސީ ޕައިލިންގެ މަސައްކަތް އަޅުގަނޑުމެން އެންމެ ބޭނުންވާ ސްޕީޑުގައެއް ނުއް ނުދޭ 

މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ކުރިއެރުން މިހާ ބާރު ސްޕީޑެއްގައި ދިއުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. ކުރިން ހަމައެކަނި ދަބަރުޖެހި މެޓަލް ޕައިޕެއްގެ ގޮތުގައި އޮތް މި މަޝްރޫޢު، މިހާރު ވަނީ ހަގީގަތަކަށް ވެފައެވެ. މިއީ އުމްރާނީ ތަރައްޤީއަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ހެއްކެކެވެ.

ތިލަމާލެ ބްރިޖަކީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި ގުޅުވާލާ ބްރިޖެކެވެ. މި ބްރިޖު ނިމުމުން ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco