Ads by Stelco

ޚަބަރު

އެމްއޭސީއެލްގެ 'ހުނަވަރު' ޕްރޮގްރާމްގެ ދެވަނަ ބެޗް ހުޅުވާލައިފި، ޒުވާނުންނަށް 50 ފުރުސަތު

އެމްއޭސީއެލްގެ 'ހުނަވަރު' ޕްރޮގްރާމްގެ ދެވަނަ ބެޗް ހުޅުވާލައިފި، ޒުވާނުންނަށް 50 ފުރުސަތު

އެމްއޭސީއެލްގެ ތަމްރީން ޕްރޮގްރާމެއް ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ސެޕްޓެމްބަރު 2025، 07:29

10 ސެޕްޓެމްބަރު 2025، 07:29

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެ ކުންފުނީގެ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް އެއާޕޯޓު އިންޑަސްޓްރީގެ ތެރެއިން ގިނަ ފަންނީ ދާއިރާތަކުން ކުރިއަށް ދިއުމުގެ ރަން ފުރުސަތެކެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ،  ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަދި އެއާޕޯޓު އިންޑަސްޓްރީއަށް އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުމެވެ. މިކަމުގެ ސަބަބުން ގައުމީ ތަރައްގީއަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 50 ފަރާތަކަށެވެ. ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް، ކާގޯ ސާވިސަސް، ރޭމްޕް ސާވިސަސް، މެކޭނިކަލް ސާވިސަސް، ފިއުލް ސާވިސަސް، އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ. ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ފަރާތްތަކަށް އެމްއޭސީއެލްގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެއެވެ.



މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ސެޕްޓެންބަރު 2025ގެ ނިޔަލަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކުން ފޯމު ފުރާލެވޭނެއެވެ.

 އެދެމެވެ:https://www.jotform.com/form/243632274141450#preview

އިތުރު މަޢުލޫމާތު ހޯދެއްވުމަށް، އެމްއޭސީއެލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްއާ 7409559 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އެމް.އޭ.ސީ.އެލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ: linktr.ee/macl.aero

                    

Ads by MSS

މި ލިޔުން ކިޔާލުމުން