Ads by Stelco

ޚަބަރު

ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް އެޗްޑީސީން އަލް އަސްރާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް އެޗްޑީސީން އަލް އަސްރާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް އެޗްޑީސީން އަލް އަސްރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ސެޕްޓެމްބަރު 2025، 02:02

11 ސެޕްޓެމްބަރު 2025، 02:02

ހުޅުމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް ހިލޭ ގުރުއާން ކްލާސްތަކާއި ދީނީ ދަރުސްތައް ދިނުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ އިޖްތިމާއީ ޒިންމާގެ ދަށުން ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ.

މިކަމަށްޓަކައި މިއަދު ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި އަލް އަސްރު ޖަމިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން، އަލް އަސްރު ޖަމިއްޔާގެ ފަރާތުން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެއިރު، މި ކްލާސްތަކަށް ގުރުއާން ކިޔަވައިދޭނެ ޓީޗަރުން ހަމަޖެއްސުމާއި، އެބައިމީހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.

އެޗްޑީސީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ. ދީނަށް ލޯބިކުރާ، އަދި އިސްލާމީ އަގީދާ ވަރުގަދަ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި އެއްބަސްވުން ވެފައިވަނީ މުހިންމު ފިޔަވަޅަކަށެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން