ވިޔަފާރި
ތިމާވެށި ހިމާޔަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ މަޝްވަރާ ކުރިއަށް ގެންގޮސްފި

ތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު އުރީދޫޫ އިސްވެރިންނާ ބައްދަލު ކުރެއްވުން

ފަރުދުން
12 ސެޕްޓެމްބަރު 2025، 07:43
12 ސެޕްޓެމްބަރު 2025، 07:43
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުމަށް، އުރީދޫ މޯލްޑިވްސްގެ ފަންނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، އަލްފާޟިލް ހުސައިން ނިޔާޒް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ، ތިމާވެށީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް ޑިޖިޓަލް ހިދުމަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވާފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމަށް ޑިޖިޓަލް ހައްލުތައް ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
މިފަދަ މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.