ޚަބަރު
މީޑިއާތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފުރުޞަތަށް އެދުމުގެ ސުންގަޑި މިމަހު ހަމަވޭ

މީޑިއާތަކަށް ސަރުކާރުން ދޭ ހިލޭ އެހީއަށް އެދުމުގެ ފުރުޞަތު
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން، ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ނޫސް މީޑިއާތަކަށް ސަރުކާރުން ހިލޭ އެހީ ދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 27 އޮގަސްޓް 2025 ވަނަ ދުވަހުއެވެ.
މީޑިއާ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ދޭ މި ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ސެޕްޓެންބަރު 2025 އެވެ. ވުމާއެކު، ޝަރުތު ހަމަވާ މީޑިއާތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވުޒާރާއިން ވަނީ ބާރުއަޅާފައެވެ.
މި އެހީއަށް އެދި އެޕްލައިކުރެވޭނީ https://mediaapp.one.gov.mv މި ލިންކު މެދުވެރިކޮށެވެ. މީޑިއާތަކުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތްތައް ކުރިއެރުވުމަށް މި އެހީތެރިކަން ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.
މި އެހީއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 4000422 އަށް ގުޅުއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.