Ads by Exprox

ޚަބަރު

ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިއްޖެ

ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިއްޖެ

ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތެއް ފޮޓޯ:ހައުސިންގ މިނިސްޓްރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޮކްޓޯބަރު 2024، 10:19

29 އޮކްޓޯބަރު 2024، 10:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދު ވަނީ ނިމިފައެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހައުސިންގ މިނިސްޓްރީންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިށްފައިވާ 1,407 ގޯތި މިހާރު ވަނީ އެ ގޯތިތަކުގެ ވެރިފަރާތްތަކާ ހަވާލުކޮށް ނިމިފައެވެ. މި ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފަށައިގަނެވުނު މަޝްރޫޢެކެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކުގައި މިހާރު ވަނީ ކަޑަ ޖަހައިދީފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކައިގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކުރީގެ ސަރުކާރުން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން 699 ގޯތި ދޫކޮށްފައިވަނީ ނުހިއްކާ އޮތް ސަރަހައްދަކުންނެވެ. އެހެންކަމުން، މި ސަރަހައްދު ހިއްކުމަށްފަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ސަރުކާރުން ވަނީ ކުރިން އިޢުލާނުކޮށްފައެވެ.

މީގެ އިތުރުން، ހުޅުމާލޭގެ އިތުރުން ގިރާވަރު ފަޅުން ވެސް 5,000 އަށްވުރެ ގިނަ ގޯތި ކުރީގެ ސަރުކާރުން ވަނީ ދޫކޮށްފައެވެ. ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

މި މަޝްރޫޢުތަކަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ. ގޯތި ލިބިފައިވާ ފަރާތްތަކަށް މިހާރު ގޯތި ހަވާލުކުރެވިފައިވުމާއެކު، ކުރިއަށް އޮތް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco