ކުޅިވަރު

ވިހި ފޫޓަށް ވުރެން މައްޗަށް ފުންމާލައި ޑުޕްލަންޓިސް ދުނިޔޭގެ ރެކޯޑު މުގުރާލައިފި

ވިހި ފޫޓަށް ވުރެން މައްޗަށް ފުންމާލައި ޑުޕްލަންޓިސް ދުނިޔޭގެ ރެކޯޑު މުގުރާލައިފި

ސްވިޑްންގެ މޮންޑޯ ޑުޕްލަންޓިސް، ފޮޓޯ: އޭއެފްޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ސެޕްޓެމްބަރު 2025، 10:51

16 ސެޕްޓެމްބަރު 2025، 10:51

ވިހި ފޫޓަށް ވުރެން މައްޗަށް ފުންމާލައި، އެމެރިކާއަށް އުފަން ސްވިޑްންގެ މޮންޑޯ ޑުޕްލަންޓިސް ދުނިޔޭގެ ޕޯލް ވޯލްޓް ވޯލްޑް ރެކޯޑު މި އަހަރު 4 ވަނަ ފަހަރަށް މުގުރާލައިފިއެވެ.

ޓޯކްޔޯގައި މިހާރު ކުރިޔަށްދާ ވޯލްޑް އެތުލެޓިކް ޗެމްޕިއަންޝިޕްގައި އުމުރުން 25 އަހަރުގެ ޑުޕްލަންޓިސް މި ރެކޯޑު މުގުރާލީ 6.3 މީޓަރު (20 ފޫޓު 8 އިންޗި) މައްޗަށް ފުންމާލައިގެންނެވެ.

ދެ ފަހަރަށް އޮލިމްޕިކްސް ގޯލްޑް މެޑަކް ހާސިލްކޮށްފައިވާ ޑުޕްލަންޓިސް މިދިޔަ މަހު ބުޑަޕެންސްޓުގައި ހެދި ރެކޯޑަށް ވުރެން 0.4 އިންޗި މައްޗަށް ފުންމާލުމަށްފަހު އެ ރެކޯޑު އައުކުރުމުގެ މަސައްކަތް އިއްޔެ ފެށުއިރުވެސް އޭނާއަށް އޮތީ މުބާރާތުގެ ރަން މެޑަލް ކަށަވަރުވެފައެވެ.

އެގޮތުން ފުރަތަމަ ދެ ފަހަރު ކުރި މަސައްކަތް ކާމިޔާބު ނުކުރެވުނަސް، ތިން ވަނަ ފުރުސަތުގައި އިތުރު ހިތްވަރަކާއެކު ގޮސް އޭނާވަނީ ރެކޯޑު މުގުރާލާފައެވެ. އެއާއެކު ޖަޕާނުގެ ނޭޝަނަލް ސްޓޭޑިއަމް ތަރުހީބުގެ އަޑުން ގުގުމާލިއެވެ. 

މި އިވެންޓުގައި ވާދަކުރި 12 އެތުލީޓުންނަށް 5.90 މީޓަރުން މައްޗަށް ފުންމާލެވުނުއިރު، ރަން މެޑަލްއަށް ވާދަކުރީ ގްރީސްގެ އެމަނުއެލް ކަރާލިސް އާއި ޑުޕްލާންޓިސް އެކަންޏެވެ. ކަރާލިސްއަށް ސިލްވަރ މެޑަލް ހާސިލް ކުރެވުނީ 6 މީޓަރަށް ފުންމައިގެންނެވެ. އެއީ 6.10 މީޓަރު، 6.15 މީޓަރު އަދި 6.20 މީޓަރު މައްޗަށް ފުންމާލުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން