ކުޅިވަރު

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުން ފުރަތަމަ މެޗުން ބަލިވެއްޖެ

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުން ފުރަތަމަ މެޗުން ބަލިވެއްޖެ

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ ކުޅުންތެރިއެއްގެ އަތުން ދިވެހި ކުޅުންތެރިއަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ، ފޮޓޯ: އައިއެފްއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ސެޕްޓެމްބަރު 2025، 07:05

17 ސެޕްޓެމްބަރު 2025، 07:05

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުން ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ސްރީލަންކާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ނިކުތީ ސަރަޙައްދީ ބާރެއް ކަމުގައިވާ، އިންޑިއާއާ ދެކޮޅަށެވެ. ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިޔަށްދިޔަ މި މެޗު 6-0އިން ކާމިޔާބުކުރީ އިންޑިއާއެވެ.

އިންޑިއާއިން ރާއްޖެ ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އަދި އަނެއް ހަތަރު ގޯލު ކާމިޔާބުކުރީ ފަހު ހާފުއެވެ. 

އިންޑިއާއިން ވަނީ މި މުބާރާތް 6 ފަހަރު ކާމިޔާބުކޮށްފައެވެ. 

މި މެޗުގައި ރާއްޖޭގެ ޓީމުންވެސް އިންޑިއާގެ ގޯލަށް ނުރައްކާ ހަމަލާތަކެއް މަދުމަދުން ނަމަވެސް ފޮނުވާލާފައި ވެއެވެ. ނަމަވެސް، ގޯލެއް ކާމިޔާބުކުރުމަށް އެކަށޭނަ ފުރުސަތެއް ރާއްޖޭގެ ޓީމަށް އުފެއްދިފައެއް ނުވެއެވެ. 

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރާއިރު ރާއްޖެ ހިމެނެނީ ގްރޫޕް-ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕާކިސްތާން އާއި ބޫޓާންއެވެ.

މި ގްރޫޕްގައި މިއަދު ވަނީ ޕާކިސްތާން އާއި ބޫޓާން ވެސް ބައްދަލުކޮށްފައެވެ. އެ މެޗު 4-0އިން ކާމިޔާބުކުރީ ޕާކިސްތާންއެވެ.

ރާއްޖެއަށް ދެން އޮންނާނީ ޕާކިސްތާން މެޗެވެ. އެ މެޗު ކުޅޭނީ މި މަހުގެ 19ވަނަ ދުވަހުގެ ހަވީރެވެ. 

ރާއްޖެއާ ބޫޓާން ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން