ކޮލަމް

ކަޅު ސަޔަކީ އިސްތަށިގަނޑަށް ކިހާ ފައިދާއެއް ހުރި އެއްޗެއްކަން އެނގޭތަ؟

ކަޅު ސަޔަކީ އިސްތަށިގަނޑަށް ކިހާ ފައިދާއެއް ހުރި އެއްޗެއްކަން އެނގޭތަ؟

ކަޅު ސައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 05:09

17 ސެޕްޓެމްބަރު 2025، 05:09

ކަޅު ސަޔަކީ ގަރުނުތަކެއް ވަންދެން އެންމެ މަޤްބޫލު އެއް ބުއިމެވެ. ކަޅު ސަޔަކީ އޭގެ ރަހަ ވަރަށް ރަނގަޅު އަދި ގިނަ ބަޔަކު އެބުއިމަކަށް ލޯބިކުރާ ބުއިމެކެވެ.

 ސަޔަކީ އޭގައި ގިނަ ބާވަތްތަކެއްގެ ފައިދާތަކެއް ހިމެނޭ ބުއިމެކެވެ. ހަށިގަނޑަށް ބޭނުންތެރި ކާނާގެ ބައިތަކާއި، އިސްތަށިގަނޑަށް ފައިދާ ލިއްބައި ދޭ އެންޓި އޮކްސިޑެންޓްސް އަދި ވިޓަމިންތައް (އޭ، ކޭ، ބީ، ސީ، އީ) އަދި ކެލްސިއަމް، ކޮޕަރ، މެންގަނީޒް، ސެލީނިއަމް، ޕޮޓޭސިއަމް، ކެރޮޓީން އަދި އެހެނިހެން މައުދަނީ ބައިތައް އެކުލެވެއެވެ.

ބުއިމެއްގެ ގޮތުގައި ސައި ބޭނުންކުރަން ފަށައިފައިވަނީ މީގެ 400،000 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުގައި ސައި ބޭނުންކުރަން ފެށީ ޗަައިނާއިންނެވެ. 

ސައިފަތުގެ ދަނޑުވެރިކަން އާންމުކޮށް ކޮށް ހަދަނީ އޮސްޓްރޭލިއާ، ބްރެޒިލް، ސްރީލަންކާ އަދި ޗައިނާގައެވެ.

ސައި ބުއިމުން އިސްތަށިގަނޑަށް ލިބޭ ފައިދާ:-

  •  އިސްތަށި އާލާކޮށް، ތާޒާކޮށްދޭ
  •  އިސްތަށިގަނޑު ހަލާކުވުމާއި ކުލަ ބަދަލުވުމުން ސަލާމަތްކޮށްދޭ
  • އިސްތަށިގަނޑު ހުދުވުން ނުވަތަ ނުރަވުމުން ދުރުކޮށްދިނުން (ކަޅުސައި އަދި ލޮނު އެއްކޮށްގެން އިސްތަށިގަނޑު ދޮވުމުން) 
  • އިސްތަށީގެ މޫތައް ވަރުގަދަކޮށްދޭ
  • އިސްތަށިތައް ފަޅައިގެން ގޮސް ހަލާކުވެގެން ދިއުން ހުއްޓުވައިދޭ
  • ބޮލުން ހަންފޮޅުން މަދުކޮށްދޭ
  •  ބެކްޓީރިއާ އަދި ގެއްލުންދޭ ޖަރާސީމުތައް އުފެދުން ހުއްޓުވައިދޭ
  • އިސްތަށި ގަނޑުގައި އުފެދޭ ނުބައި ވަސް ނައްތާލާ

ކަޅުސަޔަކީ ދިވެހިންވެސް އާންމުކޮށް ބުއިމަށް ބޭނުންކުރާ އެއްޗެކެވެ. އާންމުކޮށް ހެނދުނު ސަޔާއެކު ކަޅުސައި ބޭނުންކުރާ މީހުން ގިނައެވެ. ކަޅުސަޔަކީ އާންމުކޮށް ބުއިމަށްވެސް ރަނގަޅު އެއްޗެއްކަން ކުރިން މިފާހަގަކުރެވުނު ފައިދާތަކުން އެނގެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން