Ads by Stelco

ޚަބަރު

އެޗްޑީސީ އިން އެއް މިލިއަން ގަސް އިންދުމުގެ "ފެހި މަންޒަރު" އިފްތިތާހް ކޮށްފި

އެޗްޑީސީ އިން އެއް މިލިއަން ގަސް އިންދުމުގެ "ފެހި މަންޒަރު" އިފްތިތާހް ކޮށްފި

"ފެހި މަންޒަރު" ބޯޑު ފޮޓޯ : އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ސެޕްޓެމްބަރު 2025، 06:51

18 ސެޕްޓެމްބަރު 2025، 06:51

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ގަސް އިންދުމަށް ވެފައިވާ ވައުދު ފުއްދުމަށް ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް ދައްކުވައިދޭ "ފެހި މަންޒަރު" ބޯޑު މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދު މެންދުރުފަހު 3:30 ގައި އެޗްޑީސީގެ މައި އޮފީސް ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފް، އެޗްޑީސީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމް، ރައީސްގެ ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީގެ މެންބަރުން އަދި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި އިފްތިތާހުކުރެވުނު "ފެހި މަންޒަރު" ބޯޑަކީ އެޗްޑީސީއިން އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭނެ ބޯޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތާއި، ރައީސް މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ވައުދަށް އެޗްޑީސީން ދެމުންދާ އެއްބާރުލުން ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

އެޗްޑީސީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން 1 މިލިއަން ގަސް އިންދުމަށް ވައުދުވެފައެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް ވަނީ މި ޕްލެޖްގެ ދަށުން އިންދާފައެވެ. އެޗްޑީސީގެ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި 1 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރުމެވެ.

މި ފުރުސަތުގައި އެޗްޑީސީގެ އިސްވެރިން ވަނީ، މި މަސައްކަތަށް އެއްބާރުލުން ދެއްވާ އެންމެހާ ފަރާތްތަކަށް، ޚާއްޞަކޮށް ދިވެހިރައްޔިތުންނާއި، މުވައްސަސާތަކަށް ޝުކުރުއަދާކޮށްފައެވެ. އެޗްޑީސީގެ އަމާޒަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތް ފުޅާކޮށް، ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެއަކީ ފެހި، ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދިއުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން