ޚަބަރު
އަސްމާއްތަ އަކީ އަޅުގަނޑު ވަރަށް ލޯބިވާ އަދި ވަރަށް އިޙްތިރާމްކުރާ ކަނބަލެއް :އެމްޕީ ފަލާހް
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ފޮޓޯ:ފަރުދުން
ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާ އެމްޕީ ފަލާހު އާ ދެމެދު އެއްވެސް ޚިލާފެއް ނުވަތަ ހަމަނުޖެހުމެއް ނެތެވެ.
މިއީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެކެވެ. އެމްޕީ އަސްމާއަކީ އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ، ލޯބިވާ އަންހެން ބޭކަނބަލެކެވެ. އަދަދު ނޫހުން މިފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމަކީ މިހާރު އާދައަކަށް ވެފައިވާ ކަމެކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އިބްރާހިމް ފަލާހުގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން "އަދަދު" ނޫހަށް މައުލޫމާތު ދެއްވިކަމަަށް ބުނެ އަދަދު ނޫހުގައި ޝާއިޢު ކޮށްފައިވާ ޙަބަރުގައި އެމްޕީ ފަލާހު އާއި އެމްޕީ އަސްމާ ޒުވާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށްވަނީ ބުނެފައެވެ.
އެ ބައްދަލުވުމުގައި ބައެއް ވާހަކަތައް މެންބަރު އަސްމާއަށް ރައްދުވާ ގޮތަށް ދެއްކި ކަމަށާއި އެކަމާ ގުޅިގެން އަސްމާ ހިތްހަމަޖެހިވަޑައިނުގެން ރައްދު ދެއްވީ ކަމަށް މެންބަރަކާއި ހަވާލާދީ ވަނީ ބަޔާންކޮށްފައެވެ.
<blockquote class="twitter-tweet"><p lang="et" dir="ltr">Miothee varah bodhu dhogu habareh liyefa MP Asmatha akee alhugandu varah loabivaa varah ihthiram kuraa kanbaleh Adhadhu noohun mifadha dhogu habaru fethurun mee ammu kamakah vejje varah dhera kamehmee. <a href="https://t.co/RhGP7DBj9u">pic.twitter.com/RhGP7DBj9u</a></p>— Ibrahim Falah (@IbrahimFalahR) <a href="https://twitter.com/IbrahimFalahR/status/1851149076349534348?ref_src=twsrc%5Etfw">October 29, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>