ޚަބަރު
ކޮވިޑް-19 ވިޔަފާރި އެހީ ލޯނުތަކުގެ އިންޓްރެސްޓް އަނބުރާ ދިނުމުގެ މަސައްކަތް 90އިންސައްތަ ފުރިހަމަވެއްޖެ
އެސްޑިއެފްސީ ފޮޓޯ:މޯލްޑިވްސް ރިޕަބްލިކް
ކޮވިޑް-19 ވިޔަފާރި އެހީ ލޯނު ދޫކުރެވިފައިވާ ފަރާތްތަކަށް އިންޓްރެސްޓް އަނބުރާ ދެއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އެސްޑީއެފްސީ އިން މިއަދު ހާމަކުރައްވައިފިއެވެ.
ޝަރުޠު ފުރިހަމަވާ އެންމެހައި ފަރާތްތަކަށް އިންޓްރެސްޓް ގޮތުގައި ދެއްކި ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ވަނީ ނިމިފައިވެއެވެ. މި ލޯނު ސްކީމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރެއްވި ޚާއްޞަ ސްކީމެކެވެ.
ކޮވިޑް-19 ވިޔަފާރި އެހީ ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކަށް އިންޓްރެސްޓް އަނބުރާ ދެއްކުމުގެ 90 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަން އެސްޑީއެފްސީ އިން ވަނީ ހާމަކޮށްފައެވެ.
90% of the interest reimbursement for Covid-19 Viyafaari ehee loans has been processed for eligible applicants. pic.twitter.com/rZo8XEk5W2
— SME Development Finance Corporation (@SDFC_mv) October 29, 2024