Ads by Exprox

ޚަބަރު

ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ބޮޑުބައެއް ނިމި ފެނުގެ ޚިދުމަތްތައް ދޭން ފަށައިފި

ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ބޮޑުބައެއް ނިމި ފެނުގެ ޚިދުމަތްތައް ދޭން ފަށައިފި

ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢު ފޮޓޯ:ސަރުކާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޮކްޓޯބަރު 2024، 04:38

30 އޮކްޓޯބަރު 2024، 04:38

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ށ. ކަނޑިތީމުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިމި، ފެނުގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު ފެނުގެ ނިޒާމު ވަނީ އޮޕަރޭޓަރާއި ހަވާލުކޮށް، ރަސްމީކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގައި ޤާއިމުކުރެވުނު ފެނުގެ ވަސީލަތްތަކުގެ ތެރޭގައި 55 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ހިމެނެއެވެ. މީގެ އިތުރުން، 361 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ޤާއިމުކުރެވިފައެވެ.

މިހާރު މަޝްރޫޢުގެ ކުރިއަށްދަނީ ޑިފެކްޓްސް ލައަބިލިޓީ މުއްދަތުގެ މަސައްކަތްތަކެވެ. މި މުއްދަތުގައި، މަޝްރޫޢުގެ ތެރެއިން ފާހަގަކުރެވުނު ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢު ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެންދާނެ އެވެ. މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމުގައިވާއިރު، މިފަދަ މަޝްރޫޢުތަކުން ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco