ކުޅިވަރު

ޕާމަރ ތިން ހަފުތާއަށް ކުޅުމާ ދުރަށް!

ޕާމަރ ތިން ހަފުތާއަށް ކުޅުމާ ދުރަށް!

ކޯލް ޕާމަރ.

farudhun logo

ފަރުދުން

27 ސެޕްޓެމްބަރު 2025، 07:09

27 ސެޕްޓެމްބަރު 2025، 07:09

ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމަރ ތިން ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، ކޯލް ޕާމަރއަށް ލިބިފައިވާ އަނިޔާއިން ފަސޭހަވުމަށްޓަކައި އޭނާއަށް ވަޤުތު ދޭން ކުލަބުން ނިންމާފައިވާ ކަމަށެވެ.

އަހަރެމެން އެދެނީ ޕާމަރ އެއްކޮށް ފިޓު ވެގެން އަލުން ކުޅެން ނުކުންނަން. އެހެންކަމުން، ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފްތާގައި އޭނާ ނުކުޅޭނެ.

މަރެސްކާ ބުންޏެވެ.

ޗެލްސީއިން މި މުއްދަތުގެ ތެރޭގައި މުހިންމު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗާއި، ޗެމްޕިއަން ލިވަޕޫލް އާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕްރިމިއަރ ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޕާމަރ ވަނީ ބަދަލުކޮށްފައެވެ.

މި ސީޒަނުގައި ޗެލްސީ ކުޅުނު ޖުމުލަ ހަތް މެޗުގެ ތެރެއިން ފުރަތަމަ ޓީމުގައި ހިމެނިގެން ޕާމަރ ކުޅެފައިވަނީ ތިން މެޗެއްގައެވެ. އަދި ވޯލްޑްކަޕް ކޮލިފައިންގގައި އެންޑޯރާ އާއި ސަރބިޔާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ވެސް ޕާމަރ ކުޅެފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން