ދުނިޔެ

އިޒްރާއިލްގެ ހަމަލާތައް ދެއިރް އަލް ބަލަޙްގެ ސްކޫލަަކަށް އަމާޒުކޮށް ބަޔަކު ޝަހީދު ކޮށްލައިފި!

އިޒްރާއިލްގެ ހަމަލާތައް ދެއިރް އަލް ބަލަޙްގެ ސްކޫލަަކަށް އަމާޒުކޮށް ބަޔަކު ޝަހީދު ކޮށްލައިފި!

ތުލްކަރަމް ކައިރީގައި އިޒްރާއިލް ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 05:11

28 އޯގަސްޓު 2024، 05:11

ފަލަސްޠީނުގެ ދެއިރް އަލް ބަލަޙްގެ ސްކޫލަކަށް އަމާޒުކޮށް އިޒްރާއިލުގެ ހައްދުފަހަނައެޅި ސިފައިން ދިން ހަމަލާތަކެއްގައި ބަޔަކު ޝަހީދު ކޮށްލައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ ހަމަލާތައް އަމާޒުކުރި އަލް ބަލަޙްގެ މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލެކެވެ.

އަލްޖަޒީރާގެ އެންމެ ފަހުގެ އަދާހަމަތައް ބުނާ ގޮތުން މިހަމަލާތަކުގެ ސަބަބުން އެސްކޫލްގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ 8 މީހަކު ވަނީ ޝަހީދު ވެފައެވެ.

ވަރުގަދަ ހަމަލާތަކެއް ދެވުނު މި ސްކޫލަކީ އަލް އަޤްޞާ ހޮސްޕިޓަލާއި 300 މީޓަރު ދުރުގައި ހުންނަ ސްކޫލެކެވެ.

މިހަމަލާތަކުގައި 8 މީހަކު ޝަހީދު ވީއިރު ހަމަލާތަކުގެ ސަބަބުން ޒަޚަމްވި މީހަކު ހޮސްޕިޓަލުގައި ނާޒުކު ހާލަތުގައި ވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އެގޮތުން ފަރުވާދެވޭނެ ގިނަ ވަޞީލަތްތައް ހޮސްޕިޓަލުގައި ނެތުމުން ޒަޚަަމްވެފައި ތިބި މީހުން ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިހަމަލާގެ ސަބަބުން ސްކޫލްތަކުގައި ބޯހިޔާވަހިކަމާއި ރައްކާތެރިކަން ހޯދަން ގޮސް ތިބި މީހުންގެ މެދުގައި ބިރުވެރިކަން ވަނީ އިތުރުވެފައެވެ. އަދި ސްކޫލްތައް ދޫކޮށް ގޮސް ރައްކާތެރިކަން ހޯދަން ވަންނާނެ އެހެން ތަނެއް ނެތުމުން އެތަން ދޫކުރެވެން ނެތްކަމަށްވެސް ސްކޫލްތަކުގައި ރައްކާތެރިކަން ހޯދަމުން ދާ މީހުން ވަނީ ބުނެފައެވެ.

2023  އޮކްޓޫބަރު 7ގައި އިޒްރާއީލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްޠީނުގެ ޢާންމުގެ ސާޅީސްހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ނުވަދިހަހާހަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. 

މި ލިޔުން ކިޔާލުމުން