ކޮލަމް

ފެހި އާފަލު ކާނަމަ ބަރުދަން ލުއިވޭ

ފެހި އާފަލު ކާނަމަ ބަރުދަން ލުއިވޭ

ފެހި އާފަލު ވަށިގަނޑެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 05:33

01 އޮކްޓޯބަރު 2025، 05:33

ފެހި އާފަލަކީ ގިނަ ސިއްހީ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ސިއްހީ އަދި ކާބޯތަކެއްޗާއި ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ފެހި އާފަލުގައި ހުންނަ ބާވަތްތަކުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ.

ފެހި އާފަލުގައި އެންޓި އޮކްސިޑެންޓްސް ގިނައިން ހުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށް، ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން ފްލެވަނޮއިޑްސް ކަމަށްވާ ސައިޑިން އަދި އެޕިކެޓެޗިން ފަދަ މާއްދާތައް އެކުލެވިފައިވާތީ ހަށިގަނޑުގެ ދިފާއީ ބާރު އިތުރުކޮށް، ހިތުގެ ބަލިތަކާއި ހަކުރު ބަލިން ރައްކާތެރިކޮށްދެއެވެ.

  • ބަރުދަން ލުއިކުރުމަށް އެހީތެރިވޭ

ފެހި އާފަލުގައި ކެލަރީ މަދުވުމާއި، ފައިބަރ ގިނައިން ހުރުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ފައިބަރގެ ސަބަބުން ބަނޑުފުރިފައި ހުންނަ ކަމުގެ އިހްސާސް ކުރެވޭތީ، ކެއުމުގެ އާދަތައް ކޮންޓްރޯލް ކުރުމަށް ފަސޭހަވެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާވެސް މި މޭވާއިން ލިބެއެވެ.

  • ހަމުގެ ޞިއްޙަތަށް ރަނގަޅު

ފެހި އާފަލުގައި ވިޓަމިން ސީ އާއި އެންޓި އޮކްސިޑެންޓްސް ގިނައިން ހުރުމުގެ ސަބަބުން ހަމުގެ ސިއްހަތު ރަނގަޅުކޮށް، ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މުޅި ހަށިގަނޑުގެ ޞިއްޙަތަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާކަން ދިރާސާތަކުން ދައްކައެވެ.

މާބަނޑު އަންހެނުންނަށާއި، ކުޑަކުދިންގެ ޞިއްޙަތަށްވެސް ފެހި އާފަލު ވަރަށް މުހިންމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު އަންހެނުން ފެހި އާފަލު ކެއުމުން ދަރިފުޅަށް ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ކަށިތައް ވަރުގަދަކޮށް، ލޭމަދުވުމުގެ ބައްޔަށްވެސް ރައްކާތެރިވެވެއެވެ.

ފެހި އާފަލަކީ އާންމުކޮށް ރާއްޖޭގެ ބާޒާރުންވެސް ލިބެން ހުންނަ އެއްޗެކެވެ. ކެއުމުގައި ފެހި އާފަލު ހިމެނުމަކީ ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް މަގު ފަހިކޮށްދޭނެ ކަމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން