ކުޅިވަރު
އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށީ 25 ސްކޫލަކުން 0 ދަރިވަރުންނާއެކު، ފޮޓޯ: ޕީއެސްއެމް

ފަރުދުން
06 އޮކްޓޯބަރު 2025، 09:39
06 އޮކްޓޯބަރު 2025، 09:39
އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 މާލޭގައި ފަށައިފިއެވެ.
މި މުބާރާތުގައި 25 ސްކޫލަކުން 1،000 ދަރިވަރަކު ވާދަކުރެއެވެ. މީގެ ތެރޭގައި ދަރިވަރުން ވާދަކުރާނީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާގައެވެ.
މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި މިއަދު ފެށި މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.
މުބާރާތުގައި ކުރިޔަށްދާނެ ދުވުމުގެ ރޭސްތަކަށް ބަލާލާއިރު، 80 މީޓަރު، 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1000 މީޓަރު، 3000 މީޓަރު އަދި 5000 މީޓަރުގެ ދުވުން ހިމެނެއެވެ.
މީގެ އިތުރުން ރިލޭއާއި ހާޑްބޯލް ތްރޯއާއި ހާޑްލްސްއާއި ހައި ޖަމްޕާއި ލޯންގް ޖަމްޕާއި ޓްރިޕްލް ޖަމްޕް ހިމެނެއެވެ. އަދި ޝޮޓްޕުޓްއާއި ޖެވެލިންއާއި ޑިސްކަސް ތުރޯ ހިމެނެއެވެ.
މި އިވެންޓުތައް ހިމެނޭހެން މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީން ޖުމްލަ 110 އިވެންޓް ކުރިޔަށް ދާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެއެވެ.