ދުނިޔެ

އެލްބޭނިޔާގެ ކޯޓެއްގައި ފަނޑިޔާރަކާ ދިމާއަށް ބަޑިޖަހައި މަރާލި މީހަކު ހައްޔަރުކޮށްފި

އެލްބޭނިޔާގެ ކޯޓެއްގައި ފަނޑިޔާރަކާ ދިމާއަށް ބަޑިޖަހައި މަރާލި މީހަކު ހައްޔަރުކޮށްފި

އެލްބޭނިޔާގެ ކޯޓެއްގައި ފަނޑިޔާރަކާ ދިމާއަށް ބަޑިޖަހައި މަރާލުމުގެ ޙާދިޘާއަށްފަހު ފުލުހުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަނީ.

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 04:17

07 އޮކްޓޯބަރު 2025، 04:17

އެލްބޭނިޔާގެ ވެރިރަށް ޓިރާނާގައި ހުންނަ ކޯޓެއްގެ ފަނޑިޔާރަކާ ދިމާއަށް އަޑުއެހުމެއްގެ ތެރެއިން ބަޑި ޖެހި މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ. އެލްބޭނިޔާގެ ފުލުހުން ހާމަކުރާ ގޮތުގައި، އޭނާ ފަނޑިޔާރާ ދިމާއަށް ބަޑިޖެހުމަށްފަހު ވަނީ ފިލައިފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަނޑިޔާރަކީ އަސްޓްރިޓް ކަލަޖާ ނަމަކަށް ކިޔާ ފަނޑިޔާރެކެވެ. ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އަސްޓްރިޓް މަރިވެފައިވާ ކަމަށް އެލްބޭނިޔާ ފުލުހުން މަޢުލޫމާތުދެއެވެ. އަސްޓްރިޓްއާ ދިމާއަށް ބަޑިޖެހީ، 30 އަހަރުގެ މީހެއް ކަމަށާއި، އޭނާގެ ނަމުގެ ރަމްޒަކީ E Sh ކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މި ފަނޑިޔާރުގެ އިތުރުން، ކޯޓުގެ އަޑުއެހުމުގައި ތިބި އިތުރު 2 މީހެއްގެ ގަޔަށް ވެސް ބަޑިޖަހާފައިވެއެވެ. ނަމަވެސް، އެ 2 މީހުންނަށް ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކައުވާ ވަރުގެ ޒަޚަމްތަކެއް ނޫނެވެ.

މި ކަން ހިނގަން މެދުވެރިވި ސަބަބާއި، ކުރިއަށްދިޔަ އަޑުއެހުމުގެ ތަފްޞީލުތައް ކަމާ ބެހޭ ފަރާތްތަކުން އަދި ޢާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި، އެއީ ކޮންމެވެސް އެއްޗެއްގެ މިލްކިއްޔާތާ ގުޅޭ މައްސަލައެކެވެ. އެލްބޭނިޔާ ފުލުހުން ބުނީ، އޭނާ ދުއްވައިގަތުމުން ފުލުހުން އޭނާ ފަހަތުން ގޮސް، އޭނާ ހައްޔަރުކުރިއިރު، އޭނާގެ އަތުގައި އޮތް ބަޑި ވެސް ފެނިފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން